އައްޑޫ ސިޓީ ހުޅުމީދޫން އިތުުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއާއި އެކީ އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 25 އަށް އަރާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަން ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވީ، މިއަދު ފައްސިވެފައިވަނީ އެރަށުން ހަތަރު މީހުން ފައްސިވެގެން ނެގި ސުންކުގެ ތެރެއިން އަލުން ރިޕީޓް ކުރަން ޖެހުނު ތިން ސުންކުގެ ތެރެއިން އެކަތި ކަމަށެވެ.

"ފުރަތަމަ ދުވަހު (ހަތަރު މީހުން ފައްސިވި ދުވަހު) ނެގި ސުންކުގެ ތެރެއިން 3 ސުންކު ރިޕީޓް މި ކުރީ، އެ ކުރަން ޖެހުނީ 24 ގަޑިއިރު ފަހުން. މިއަދު ފައްސިވީ އޭގެ ތެރެއިން އެކަތި" ޝުކުރީ ވިދާޅުވިއެވެ.

ހުޅުދޫއިން އެންމެ ފުރަތަމަ މީހަކު ފައްސިވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ. އޭގެ ފަހުން މީގެ ދުވަސް ކުރިން އެރަށުން ފައްސިވެފައިވަނީ އެމްޓީީސީސީ ސައިޓުގައި މަސައްކަތް ކުރި ދެ ބިދޭސީންނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ގޮތަކަށް އެރަށުން މީހުން އަންނަނީ މި ބައްޔަށް ފައްސިވަމުންނެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި ޖުމްލަ 60 ވަރަކަށް ބިދޭސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު