ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވާހަކަދައްކަވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވާހަކަދައްކަވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ފުލުހުންނާއި ސިފައިން ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

އިސްކަންދަރު ކޮށީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރު 14:45 ގައެވެ. މިއީ ކޮންކަމަކާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމެއް ފުލުހުންނާއި ސިފައިން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި މިއީ ހއ.އަތޮޅު އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އެރުމާއެކު އަންދާލި ބޯޓާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.

ފަރަށް އެރުމުން އަންދާލި ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކިތައް ކިލޯގެ މަސްތުވާތަކެތިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ. ނަަމަވެސް މަައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ކަށަވަރު ކޮށްދިން ގޮތުގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެތީގައި އެތައް ސަތޭކަ ކިލޯއެއް ހުންނާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހއ.އަތޮޅު އިންނަފިނޮޅު ފަރަށް އެރީ އީރާންގެ ބޯޓެކެވެ. އެބޯޓް ފަރަށް އެރިއިރު ބޯޓުގައި އަށް މީހުން ތިއްބެވެ. ބޯޓު ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން ސިފައިން އެސަރަހައްދަށް ދަތުރު ކުރަމުން ދަނިކޮށް ބޯޓުގައި ތިބި މީހުން ވަނީ ބޯޓުގައި އަލިފާން ރޯކޮށްލުމަށް ފަހު ބޯޓުން ފުންމާލާފައެވެ. ނަމަވެސް ބޯޓު އެއްކޮށް އަނދައިގެން ނުދާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމެއްހިންގަންއުޅޭހެން ހީވެ ނުރަށްކާވެއްޖެ ކާފީ ޢިއުލާން ކުތަންވީ

  2. ފެއިލް ފެއިލް ފެއިލް ކަލޭމެން ތިބޭ ޔާނު ހިމާޔަށް ކުރަން....