ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީގައި މަރާލި 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ރޭ މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އުދައްޔުގެ އިތުރުން އޭނާ ބޭބެއަށް ހަމަލާދީ، ޒަހަމްކޮށްލި އެވެ. އެ ހަމަލާގައި ނިޔާވީ އުދައްޔު އެވެ. އޭނާގެ ބޭބެ އަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ދެންމެ ވިދާޅުވީ، ރޭ ނިޔާވި ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.

މަރާލި އުދައްޔުގެ ކަރުގެ އިތުރުން ހަށިގަނޑުގެ އެހެން ބައެއް ތަންތަނަށް ވެސް ވަނީ ވަޅިން ހަމަލާ ދީފައެވެ.

މި މާރާމާރީއާ ގުޅިގެން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޢަލީ

  ކޮބާ ބޭނުމަކީ، ކޯޗެއް އިތުރަށް ސާފް ކުރަން. އަނެއްކާ އެއްޗެކޭ ކިޔާފަ ގެންގޮސް އެތެރެ ހަށީގެ ގުނަވަންތައް ވިއްކަނީ ނޫންބާ؟

  21
  2
 2. 🤦🏽‍♀️

  ޕޯސްޓްމޯޓަމް ހެދުމުގެ ބޭނުމަކީ ކޮބާ؟ މަރުވި ގޮތް ސާފު... އެހެންނޫނަސް ޕޯސްޓްމޯޓަމް ހެދިޔަސް ނުހެދިޔަސް މައްސަލަ ނިންމަން ބޭނުންވާ ގޮތަކަށްނިންމާނީ...

  21
  1
 3. ޒައީމް

  މޮޔަވީތައް؟ ކޮން ޕޯސްޓްމޯޓަމެއް ހަދާކަށް. ☹️މަރުވި ސަބަބު ހަމަ ނޭގެނީތައް؟ ކޮވިޑް ތޯ ބަލާލަންދޯ 😡

  22
  1
 4. ޞޮކްޗް

  ކޮބާ ބޭނުމަކީ

  19
  1
 5. ޕޕއމ

  ކީއްކުރަން؟

  17
 6. ޢަލީ

  ކީއް ކުރަން ކުރާކަމެއް؟ ފުރާނަ އަލުން ލިބެނީ ތަ؟ ހަމަ ގައިމު ވެސް މަރަށް މަރެއް ނުހިފާނެ. ދެން ކީއް ކުރަން އިތުރަށް ހަށިގަނޑު ކޮށަނީ

  26
 7. ޑޯޒް

  ފޯރ ވަޓް؟؟

  19
 8. ފާއިޒު

  ކޮބައިތޯ ޕޯސްޓް މޯޓަމް ހެދުމުގެ ބޭނުމަކީ. މަރާލިކަމާއި ޒަޚަމް ކުރިތަންތަންވެސް އެނގޭ ދެން ކޮންކަމެއް ބަލަންތިއުޅެނީ.

  13
 9. ރަބަރޭ

  އެއުޅެނީ އިތުރު އަނިޔާ މައްޔިތާއަށް ދޭން

  11
 10. އަންތަރީސްޑް

  އަޖައިބެއް ނުވާނެ ތަ! އޭނާ ނިޔާވި ސަބަބު ކާކަށް ނޭންގެނީ؟ ދެން އިތުރަށް ހަށިގަނޑު ފަޅައިގެން ގާތިލުގެ ނަން ފެންނަނީތަ އޭނާގެ އެތެރެހަށިން؟ ދެންވެސް ތި، ޒަހަމްވި އަނެއް ސޮރު ކުރެން އަހައިގެން ނަމަވެސް ހަމަލާ ދިން މީހުން ހޯދޭ ތޯ ބަލާބަލަ!

 11. ވަރހ

  ހަމަވީގޮތް ނޭގިގެންތަ ތިއުޅެނީ😡

 12. މާމެންދޫ މުޖޭ

  ކޮން ޕޯސްޓްމޯޓަމް އެއް؟މޮޅު ތަހުގީގެއް ކުރަނީ ކަމަށް އެހެންމީހުންނަށް ދައްކަން މޮޅު ވާހަކަތަކެއް ދައްކާނެ ކަމެއްނެތް.މިކަން ކުރީ ކޮންބަޔެއްކަން ޢެބައިނގޭ.ޑރ އަފްރާޝީމްގެ ޕޯސްޓް މޯޓަމް ނެހެދީ ކީއްވެތަ؟މިއޮތީވާ ގައުމެއް.ދުވަހަކުވެސް މިގައުމުގެ އިންސާފެއްނުލިބޭނެ.

 13. ކިނބޫ

  މަހީކުރަނީ ޕޯސްޓްމޯޓަމް ހަދަނީ މަރުވި ސަބަބު ދެނެގަތުމަށް ކަމަށް. އެހެނެއް ނޫން ދޯ؟
  މަޖަލަށްވެސް ކުރާ ކަމެއްތަ އަނެއްކާ!

 14. ޖާބެ

  ނާގާބިލް ބަޔަކު ކުރާކަމަކުން ނިކުންނާނެ ނަތީޖާއެއް ނޯންނާނެ ދިވެހިރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މުއައްސަސާއެއް