ޏ. ފުވައްމުލައް ސިޓީގައި ވަކި ތަރުތީބެއް ނެތި ނެގި ދެ ސުންކު ކޮވިޑަށް ފަައްސިވެއްޖެ އެވެ.

އެ ސިޓީ ހޮސްޕިޓަލުން ބުނީ، އެ ސީޓީގައި ކޮވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް މި މަހުގެ ހަތް ވަނަ ދުވަހު ވަކި ތަރުތީބެއް ނެގި ނެގި ސުންކުތަކުގެ ތެރެއިން ދެ މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އެ ސިޓީ ހޮސްޕިޓަލުން ބުނީ، އެ ސިޓީގައި ވަކިތަރުތީބެއްނެގި ސުންކު ނަގާފައި ވަނީ އާއްމުންނާްއި ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުންކަމަށްވާތީ، އެ ސިޓީގައި މުޖުތަމައު ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި ދެވޭދަނައާ ގުޅިގެން މިހާރު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށުގައި މުޖުތަމައު ތެރެއިން ބަލި ފެނުނުއިރު، ގދ. ތިނަދޫންވެސް ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ވަނީ ފައްސިވެފައެވެ. އަދި އައްޑޫ ސިޓީގައިވެސް ދަނީ ކޮވިޑް-19 ފެތުރެމުންނެވެ.

މިރަށްތަކާއި ސިޓީތަކުގައި ބަލި ފެތުރެމުންދާތީ މި ރަށްތަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި މިރަށްތަކުގައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިރާނީ

    ނާހަމަ ތެދެއް ؟؟
    ވެކްސިން ޖަހާއަވަހާ ހުރިހާ ކުދިން

  2. ޖޮބޭ

    ތިޔައީ ފަރުވާ ކުޑަ ކު ރުމުގެ އަސްލު.
    ޒިއްމާދާ ރު ކައުންސިލެއް ނެތް ޕަބްލިކް ހެލްތް ފުވައްމުލައް ކްރ ރަޕްޓް ވެފައި

    3
    1