ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާއިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު މިހާރު ބާއްވާ ގޮތަށް އޮތީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، ވޯޓު ލުމުގެ ހައްގު ލިބިގެންދާ މީހުންގެ ލިސްޓް ގެޒެޓު، ކޮމިޝަނުގެ ވެބްސައިޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުން ވޯޓާސް ލިސްޓް އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި މީގެއިތުރުން 1414 އަށް އެސްއެމްއެސް ((VR space IDNO Send to 1414) ކޮށްގެން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޗެކްކުރެވޭނެ ކަމަށްވެސްް އެ އިއުލާނުގައި ވެއެވެ.

އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފެބުރުވަރީ 20 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިިއުލާނުގައި ވެއެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ބަލައިގަންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަހީދު

    އެމީހަކު އެމީހަކު އަމިއްލަޔަތް ވޯޓްލާގެން އޮވެބަލަ. މި މުސީބާތަކުން އަރާ ނުގަނެވިގެންއުޅޭއިރު.....
    ފުލެޓް ލިސްޓަކާ، ޙާއްސަ ހުއްދަތަކަކާ، ކެމްޕޭންތަކާ،، މިއުޒޮކު ހުއްދަޔާ، މާރާމާރީއާއި، ސިޔާސީވެރިންގެ ވާހަކަތަކުން އިހަށް މާތިރިވެ ﷲއިސްޠިއުފާރު ކުރަންވީމަ ބީތާވާފަދަ ކަންކަމުން ދުރުވާންއުޅެބަލަ

  2. އައްޑޫ ލެއި

    ކޮން ޝަކުވާއެއް އަލުން އިންތިހާބް ބާއްވަން އިޢްލާން ކުރޭ. ދެއަހަރު މިވަނީ ވޯޓް ހައްގުވާ އެތަންހާސް ބަޔަކު އެބަތިބި

    1
    1