އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ފޮށި ދޭނެ ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެފައިވާ ރިޔާސީ ވައުދު ފުއްދުމަށް މި ވަގުތު އިސްކަން ނުދޭނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ރައީސް އޮފީހުން ހަދިޔާ ފޮއްޓެއް ދިނުމަށް ރައީސް ސާލިހް ވެވަޑައިގެންނެވި ވަޢުދާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މިހާރު މިވަގުތަށް އެ ވަޢުދުވަނީ ހުއްޓިފައި ކަމަށެވެ.

ގައުމުގެ އިޖްތިމާއީ ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ފުއްދާނެ ކަމަށްވި މި ވައުދަކީ މި ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ސަރުކާރުން ވެފައިވާ ވައުދެކެވެ. ނަމަވެސް އަދި މިހާތަނަށް އައި އިރު ވެސް އެވައުދު ފުއްދާފައެއް ނުވެއެވެ.

"އޯގާތެރި ސަރުކާރު"ގެ ސިޔާސަތުގެ ދަށުން ޖަޒީރާ މެނިފެސްޓޯގައި ވަނީ ކުއްޖާ ދުނިޔެއަށް އުފަންވާ ދުވަހު ސަރުކާރުގެ ފަރާތުން ދަރިފުޅަށް "ހަދިޔާ ފޮއްޓެއް" ދޭނެ ކަމަށެވެ. އަދި އެ ފޮށީގައި ހުންނާނީ ދަރިފުޅަށް އެ ވަގުތައް ބޭނުންވާ ސާމާނު ކަމަށްވެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދޭ "ބޭބީ ބޮކްސް"ގައި ހިމެނޭނީ އުފަންވާ އިރުން ފެށިގެން ބޭނުން ވާނެ މުހިއްމު ސާމާނެވެ. އޭގެ ތެރޭގައި ތަންމަތި ފޮއްޓަކާ އެކު، ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިއްމު ސިއްހީ މައުލޫމާތްތަކުގެ ލުއި ފޮތެއް ހިމެނޭނެ އެވެ.

އުފަންވާ ކުދިންނަށް ހަދިޔާއެއް ދިނުމުގެ އިތުރުން، ވިހެއުމާ އެކު ދަރިފުޅާ އެކު މަންމަ އާއި ބައްޕަ ވަގުތު ހޭދަކުރަން ފުރުސަތު ލިބޭނެ އިންތިޒާމެއް ހަަމަޖައްސައިދިނުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އޯކޭ

    އެ ހެންވީމަ މިޙަރު ހުރިހާ ވައުދެއްވެސް ފުއްދާ ނިމުނީދޯ، ބޯހިޔާވަހިކަން ފޯރުކޮއްދެވިއްޖެ، ބޭބީ ހަދިޔާ ދެވިއްޖެ، ރައްޔިތުންނަށް އަމާން އޮމާން މާހައުލެއް ގާއިމްކުރެވިއްޖެ ރައްޔިތުންގެ ޖީބުތައް ޑޮލަރުން ފުރިބާރު ވެއްޖެ، ވައްކަންތައް ހުއްޓުވިއްޖެ، އިންޓަނެޓުގެ ދުވެލި ހަލުއިކަމުން އަތުނުޖެހޭ އަގުވެސް އަނެއްހެން ހަމަ ހިލޭ ދެންކިޔާނިކަމެއްނެތް ޝުކުރިއްޔާ އިބޫ ސޯލިހު ތީ ވެރިޔެއް، އެކަމް ދެން ވޯޓް ހޯދަން ނާންނާތި ):

    45
    1
  2. ދަރަނި ދަންތުރަ

    އެއްމެ ބޮޑުއިސްކަމެއްދެނީ ފައްޅިއެޅޭތޯ ދޯ މަކުރޫބު

    42
    • ޑަބިޔަ

      މަބުރޫކު ވަރައް ބޭނުންވާނެ ފައްޅިއަޅަން މަބުރޫކަކީ ކާކުކަން ޔޫޓިއުބް ވީޑިޔޯ އަކުން ޔަގީންވެއްޖެ

      13
  3. ރަދީފް ހުސެން

    100 ދުވަހުތެރޭ ފުއްދަންބުނި ވައުދު ހު ކުރު ހޮނިހިރާ ބަނދުދުވަސްތައް ކަނޑައިގެންވެސް ނުވި. ބޮޑު އިސް ކަމްދެނީ ވައް ކަން ކުރަން

    13
  4. ބެއްޔާ

    ކޮންވައުދެއް މިމީހުންނަށް ފުއްދޭނީ! ނަސީދު ކެންޕޭން ތެރޭގައި ވައުދުވި "ހުޅުމާލެއާ ގުޅީފަޅާ، ފުރިދިއްގަރު ފަޅުން ވެސް މިސަރަހައްދުގައި ގޯތި ދެވެން އެބަހުރި ކަމަށް 20 ނުވަތަ 25 ބުރީގެ ކޮތަރު ކޮއްޓެއްގަތޯ އުޅެންވީ ނުވަތަ ތަނަވަސް 1800 އަކަފޫޓްގެ ގެވަޅެއްގަތޯ އުޅެންވީ" ދެން މިހަމާ ދޭތެރޭ ހައުސިން މިނިސްޓަރ ވިދާޅުވަނީ ކީކޭތޯ އެހީމާ އަސްލަމު ބުނީ" އަޅުގަނޑު ސަރުކާރުގެ މިނިސްޓަރަކަށް ހުރެ ތިޔައީ ސަރުކާރުގެ ވައުދެއްވީމާ އެކަން ފުއްދަން ލާޒިމް" ކަމަށް! މިހެންކިޔާފަ މިސަރަހައްދުން ގޯތިދޭން އޮތްބިން ގުޅީފަޅުގަ ޕޯޓެއް މީނާ މިއެޅީ.
    މިމީހުންނަށް ވައުދެއްވެސް ނޫން ވާން އިގޭނީ!

  5. އަލީ

    ދިވެހި ރައްޔިތުންގެ ތެރެއިން ހަމަޔާ އިންސާފައް ލޯބިކުރާ ބޭފުޅުން ކަލޭމެން ދެން ދައްކާ ވާހަކަތަކައް އިސްކަން ނުދޭނެ ކަމައް މިބަލަނީ.

  6. ގުނބޯ

    މަކުލޯ މެންގެ ވައުދުތަށް ފުދި ނިމޭއިރު ގެދޮރުގަވެސް ހުންނާންވާނީ ދަނޑިފަނާއި ބިތުފަނގި އާއި ތޮށަލި އަދި ހަނޑަސްބުރި.... އެއީ ބޮޑުބަހުލޫލުއެބުނާ އެގުންޑާ 19ގެ ތަރަށްގުއި ފުރާފުރިހަމަވެކޯދުލުން...ހިތާހިތުގެގުޅުމުން ގުޅި ލާމެހި ފުރާފުރިހަމަވީމަ ވާނެ4އެތިވެ ނިމޭނެ ބާކީ3 އަހަރުތެރޭ.....

  7. ޖޔތ

    2023 ލިބޭ ފުރުސަތުގައި ދިވެހިންގެ އަސްލުސިފަ ފެންނާނެ