ފުވައްމުލައް ސިޓީން އިއްޔެ ފައްސިވި ދެ މީހުންގެ ތެރެއިން އެކަކުގެ ނަތީޖާ ނައްސިވެއްޖެ އެވެ.

އޭނާގެ ދެވަނަ ސުންކެއް ނަގާ، އޭގެނަތީޖާ ލިބިފައި ވަނީ ދެންމެ އެވެ.

އެ މީހާއަކީ އެރަށުގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް ވަކި ތަރުތީބެއް ނެތި ސުންކުތަކުގެ ތެރެއިން ފައްސިވި މީހެކެވެ. އެ މިހާގެ ފަހުން ނެގި ސުންކުގެ ނަތީޖާ ނައްސިވެފައިވާކަން އެ މީހާގެ އާއިލާއިން "ވަގުތު"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އޭނާއަކީ އެރަށު ފިހާރައަކުން ފައްސިވި މުވައްޒަފެކެވެ.

އެ ސިޓީ ހޮސްޕިޓަލުން ބުނީ، މިދިޔަ އަދީއްތަ ދުވަހު އެރަށުގައި ކޮވިޑަށް ޓެސްްޓު ކުރުމަށް ނެގި 150 ސުންކުގެ ތެެރެއިން ފައްސިވި ދެ މީހުންގެ ތެރެއިން އެކަކުގެ ސުންކުގައި މައްސަލައެއް އުޅޭކަން އެޗްޕީއޭއިން އެ ހޮސްޕިޓަލަށް އެންގި ކަަމަށެެވެ. އަދި އެޗްޕީއޭގެ އެންގުމަކަށް އެ މިހާގެ ދެވަނަ ސުންކު ނެގި ކަމަށާއި، އެ ސުންކު ހޮސްޕިޓަލްގެ ލެބޯޓްރީން ޓެސްޓު ހެދިއިރު، ކޮވިޑަށް ނައްސިވެފައިވާ ކަމަށް ހޮސްޕިޓަކުން ބުންޏެވެ.

އެރަށުގައި ވަކި ތަރުތީބެއް ނެތި ނެގި ދެ ސުންކެއް ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު