ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އިންސައްތަ އިތުރުވާ ކަމަށާއި މިވަގުތު ރާއްޖޭގައި ހުރީ އެޑްމިޓް ކޮށްގެން ފަރުވާ ދޭން މަދު އެނދެއް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީގް ހާމަ ކޮށްފިއެވެ.

ނަޒްލާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅު ކަން އޭނާއަށް ޔަގީން ކަމާއި އެކީ ބުނަން ކެރޭ ކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އިންސައްތަ އިތުރުވަމުން އަންނަ ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓް ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން ނަޒްލާ ވިދާޅުވީ، މިވަގުތު ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާ ދެވެން ހުރީ މަދު އެނދެއް ކަމަށާއި ހާލަތު ވަރަސް ގޯސްވެފައިވާ ކަމަށެވެ.

މިފަދައިން ވިދާޅުވެ، ނަޒްލާ ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވުމަށް ރައްޔިތުންގެ ފަރާތުން "އާދޭސް" ކުރާ ކަމަށް ބުނެފައެވެ.

"އަދިވެސް އެއްފަހަރު އާދޭސް ކުރަން ތިބޭފުޅުން އަޅުގަނޑުމެންނަށް ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއްވާ" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، ބަލި ޖެހުމާއި ބަލި ފެތުރުން އެއީ ކޮންޓްރޯލް ކުރުމަށް ވަރަށް ފަސޭހަ ކަމެއް ކަމަށާއި ހަމަ އެކަނި ގިނަގިނައި ސާބޯނި ލައިގެން އަތް ދޮވެ، މާސްކު އަޅައި، އެކަކު އަނެކެއްގެ ދެމެދުގައި 3 ފޫޓުގެ ދުރުމިނެއް ބަހައްޓައި، ބޭރުގައި އުޅޭއިރު ގިނަ ބަޔަކު ގްރޫޕު ޖަހަލައި ނޫޅުމާއި ގިނަ ވަގުތު ގޭގައި ހޭދަ ކުރުމުން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

ރާއްޖެއިން މިވަގުތު 17،387 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 211 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުތަކުގެ އެނދު މަދުވާ ކަމަށް ނަޒްލާ ވިދާޅުވެފައިވާއިރު، މީގެ ކުރިންވެސް އެޗްއީއޯސީން ބޭއްވި ބައްދަލުވުމެއްގައިވެސް ނަޒްލާ ވަނީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ސޭޑް

  ދެން ބުނޭ އޭނަ ސިޔާސީ ވަނީޔޭ

  19
  9
  • ސިޔާސީ

   އެކަމަނާ ސިޔާސީ ވަނިއްޔެއް ނޫނޭ. އެކަމަނާ އެ ދައްކަވަނީ ތެދު ވާހަކަފުޅެއް. އެކަމަނާއަށްވުރެ އެވާހަކަ ދެއްކުން އައުލާކަންބޮޑު ކަމަނާއެއްވެސް ނެތް. އެކަމަނާގެ ނަންފުޅު ނަޒްލާގެ މާނައަކީވެސް ނޭފަތަށް ޖެހޭ އަރިދަފުސް ރޯގާ ނުވަތަ ސައިނަސް. ނަޒްލާ ކިޔާ ބޭފުޅަކަށް ނޫންތޯ މިހެންވީމާ މިކަން ރަނގަޅަށް އެނގޭނީ.

 2. އަނިލް

  ބަލަ ކޮބާތޯ މާލެއާއި އެކިތަންތަނުގައި ހެދި ފެސިލިޓީސްތައް އެޑްމިޓް ކޮއްގެން ފަރުވާދެމުން ދަނީ އެންމެ 200މީހުން ކަމަށް ނަޒުލާ ބުނެފާއިވަނީ

  27
  2
 3. Anonymous

  ވާނެއެއްޗެއް ވީމަދޯ ފިޔަވަޅު އަޅަން މިއެނގުނީ.
  ލަދު ކޮބާތޯ. ތިބޭފުޅާ މެން ތިޔައިގެ ޒިންމާ ނަންގަވާ. އާއަހަރު ފާހަގަ ކުރާށާއި މިބައި މީހުން ބޭނުންވާ ހާ ކަމެއް ކުރަންވީމަ ފަރުވާ ކުޑަކޮށްލީ.

  25
  3
 4. އަޙްމަދު

  ﷲ ސުބުހާނަހޫ ވަތަޢާލާ އަޅަމެން މިބަލިން ރައްކާތެރިކޮށް، އެންމެހައި ކަންތައްތައް ފަސޭހަކޮށްދެއްވާ ފާންދޭވެ. އަދި އަޅަމެންގެ ފާފަތައް ފުއްސަވާ ރިޒުޤު އިތުރުކުރައްވާ ފާންދޭވެ

  39
 5. ޖުހާ

  7000 ފުލެޓް ހުނާނެ ވަގުތީގޮތުން ބޭނުން ކޮށްލާ

  24
  5
 6. އަނިލް

  ބަަލަ ކޮބާތޯ މާލެއާއި އެކިތަންތާގައި ބޮޑުހަރަދު ކޮއްފާއި ހެދި ފެސިލިޓީސްތައް އަދި ތިޔަބުނީ އެންމެ 200 މީހުންނަށް އެޑްމިޑް ކޮއް ފަރުވާދެމުން ދާ ވާހަކަ

  27
  2
 7. މާމީ

  ނަޒުލާ ކާރިން އަހާލަން ބޭނުން އަހުމެން އަދިވެސް މިތިބީ އަތްދޮވެ ފައިދޮވެ ދެންވެސް ދޮންނަން ޖެހޭ ހުރިހާރަނެއް ދޮވެދޮވެ ގޭގަ ބަސްއަހާގެން ކަން. އެކަމަކު ބަޔަކައް ވެންޓިލޭޓަރު ގަންނަން އެއްފަރާ ދިން ފައިސާތަކައް ވީގޮތެއް ނޭގި ވެންޓިލޭޓަރު ތައް ހުދުކާފޫރައްވީތޯ.. ވީމާ ނުރައްކާތެރި ރާޅުގެވާހަކަ ދައްކާއިރު ނޭވާހޮޅިން ވައްކަން ކުރިކަން ތިބޭފުޅާއައް ވެސް ނޭގެނީތޯ؟؟؟

 8. އަލީ

  ކޮބާ ވެންޓިލޭޓަރު ތައް ދެން ފިލާނީ ވެންޓިލޭޓަރު ވަގު

 9. ޅަތީފާ

  ދެންބާ ކީ ވާމީހުން މައިމޫނާއާ ހަވާލުކުރޭ

 10. ރައްޔިތުން

  ތީގެ މާނަ އަކީ ރައްޔިތުން ވީ ހާލެއްގައި ވާން އަދި ރައްޔިތުން މި ނުރައްކާތެރި ކޮރޯނާ ވައިރަހުގަ ފަނާވާން ސަރުކާރުން ދޫކޮށްލީ އޭ ތޯ ސަރުކާރަށް މިކަން ނުވަންޏާ އިސްތިއުފާ ދެއްވާފަ ވަޑައިގަންނަވާ ނާގާބިލް ސަރުކާރެއް ބޭނުމެއްނޫން އަހަރެމެންްނެއް

 11. އެކިސްކިޔޫ

  ނަންބަރު ތަކުން ބުނެދީބަލަ ނަޒުލާ ! ފުދޭވަރަކަށް އެބައުޅެޔޭ، ވަރަށް މަދޭ، މިހެން ކީމާ ކަމަކު ނުދާނެ.
  ވަގުތު ނޫހުން މިހެން އަހާދީބަލަ

 12. ޥވވ

  211 އެދު މިގައުމުގަ ؟

 13. އޮޅުވާލި ވޯޓު

  ރައީސް ޔާމީނު އެޅިހޮސްޕިޓަލުގަ ޖާގުހުންނާނެ ކޮމްމެހެން ބިރުދައްކާނެކަމެނެތް ދެނެއްނުހުއްޓުވޭނެ

 14. ބޭޗާރާ

  ބަލަ ބިލިޔަނުން ޚަރަދުކޮށްފައި ހެދި ފެސިލިޓީތައް ކޮބާ؟ ވެންޓިލޭޓަރަށް ވީގޮތް ވީތޯ؟

 15. މޯދީ ގެރިޕާރލާރ

  ދެން ކޮންތާކަށްތަ 4 ބިލިޔަން ރުފިޔާ އަޅާލީ
  އެނދު ނެތޭ މި ގޮވާ ނަގަނީ

 16. ޝަމްބެ

  ބަލިމީހުން އެޑްމިޓްކުރާ އެނދެއްނޫން.. ކަރަންޓީން ކުރާ ސެންޓަރުތަކުގައި ހުރި އެނދު. އޮޅުވާނުލާ..

 17. ހުސް

  ކޮބާ ކޮބާ ކޮބާ

 18. ޖަޒީރާ ފެސިލޓީ

  ހެދިކަމައް ބުނި ކޮވިޑް ފަރުވާދޭ ތަންތަނުގެ ނަމުގަ ވައްކަން، ވެންޓިލޭޓަރުން ވައްކަން، ބަދަލު ދިނުމުގެނަމުގަ ވައްކަން، ފުލެޓުން ވައްކަން، ކުޑަކުދިންނާ ބެހުމުން ރިޔާސީ މާފް، ޖިންސީ ފުރައްސާރަ ލަންޑަނައް

 19. އ މ ރ ބ

  ހަމަހުސް ފޭކު ޖައްސާ ސަރުކާރެއް މީ، އެ ކަންކޮށްގެން މި ދިވެހިރާއްޖޭގެ ސަރުކާރަށް އެވޯޑެއްވެސް ލިބެންޖެހޭ، އަސްލުވެގެން އުޅޭގޮތަކީ ސަރުކާރުވެއްޓެން ވަރަށް ގާތުގާ އުޅެނީ، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހިއްވަރާއެކު، މިހާރުމިކުރިޔަށް ގެންދާ ހަރަކާތްތައް ކުރިއައްގެންދާނަމަ ދެންމާ ގިނަދުވަހަކު މި ސަރުކާރު ނޯންނާނެކަން އެމީހުންނަށްވެސް އެބަ ގަބޫލުކުރެވޭ، އެހެންވެ ގަންނާކުރައްވާ ބިރުން ރައްޔިތުން މި ބިރުގަންނުވަނީ، ބަލަ ކޮވިޑްގެ ނުރައްކާ ރާއްޖެއަށް ބޮޑުވެގެން މި އުޅެނީކީ ރައްޔިތުންގެ ސަބަބަކުންނޫނޭ، ރައްޔިތުން ތިބެފިދޯ ލައްކަ ދުވަހުގެ އަތްދޮވެދޮވެ، ސެނިޓައިޒާ އުނގުޅާގެން ގޭގައި، އެކަމު ސަރުކާރުގެ ބޭފުޅުންނާއި، އެމީހުންގެ އައުވާނުންނާއި، އެމް ޑީ ޕީ ގެ ބޮޑުންތައް މުޅިރާއްޖޭގެ ރައްތަކަށް ދުވީ، އެމްޕޭން ޖެއްސީ، އެހެންވެގެންނޭ މި އުޅެނީ ކޮވިޑް ހާލަތު މިދަރަޖަޔަށް ގޮސްގެން، ދެން ކޮންމެހެން މިކަމާ ނުވެސް ބެހޭ ބައެއްގެ ބޮލުގައި އެކަން އަޅުވާނެ ކަމެއްނެތް، ސަރުކާރުން ދެންވެސް ރައްޔިތުންނަށް ކަމެއްކޮށްދޭން ބޭނުންނަމަ އިސްތިއުފާދީފާ، ކުރެވޭވަރު ބަޔަކާ ގައުމު ހަވާލުކުރަންވީ

 20. ޜޔތ

  އެނދުނެތިއްޔާމު ލާރިކޮޅު ހުންނަންވާނެތާދޯ.

 21. ޕޮގުބާ

  ކެނެރީގެ އޯކޭ ވާނެ