ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ނަގާނެ އެންމެ ބޮޑު ވޯޓު ކަމުގައިވާ ވެރިރަށް މާލެ ސިޓީގެ މޭޔަރުގެ ވޯޓުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބު ކުރަން ތާއީދު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވާހަކަ ދައްކަވައިފިއެވެ.
މާލެ ސިޓީގެ ކައުންސިލަރު ކަން ވެސް ކުރިން ކުރެއްވި ރުކުމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ކުރިން ދީފައިވާ ޕޮއިންޓް މަޤްބޫލު އުޒުރެއް ނުދެއްކި މަދުކޮށްފައި ވާތީ އެކަމާ ހިތްހަމަ ނުޖެހޭ ފަރާތްތައް ކުރި އިހުތިޖާޖުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒު ބައިވެރިވުމަކީ މާލެ ރައްޔިތުން އެމަނިކުފާނު ދޫކޮށްނުލައްވާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
އަދި އޭނާގެ ޓްވީޓްގައި "ވޯޓް ފޮ ކެންޑިޑޭޓް ނަންބަރު މުއިއްޒު" ގެ ހޭޝްޓެގް ވެސް ބޭނުން ކުރައްވާފައިވެއެވެ. މި ޓްވީޓް ރީޓްވީޓް ކުރައްވައި މުއިއްޒު ވަނީ ރުކުމާގެ ނިންމެވުމަށް ޝުކުރު ވެސް އަދާ ކުރައްވައިފައެވެ.
ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ކުރިން ދީފައިވާ ޕޮއިންޓް މަޤްބޫލު އުޒުރެއް ނުދެއްކި މަދުކޮށްފައިވާތީ އެކަމާއި ހިތްހަމަނުޖެހޭ ފަރާތްތަށް ކުރި އިހުތިޖާޖުގައި މާލެ މޭޔަރު ކެނޑިޑޭޓް @MMuizzu ބައިވެރިވުމަކީ މާލޭ ރައްޔިތުން އެކަނި ދޫނުކޮށްލާނެ ކަމުގެ އަލިގަދަ ހެއްކެއް #vote1forMC
— ރުކުމާ (@RukumaA) February 12, 2021
ފެށުނީއްސުރެން މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގައި ސިޔާސީ ހަރަކާތް ހިންގަވަމުން ގެންދަވާ ރުކުމާ އެމްޑީޕީއާ ދުރަށް ޖެހިވަޑައިގަތީ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއިން އޭނާއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައެވެ.
އެހެން ނަމަވެސް އެމްޑީޕިއާ އެންމެ ވާދަވެރި ޕާޓީ ކަމުގައިވާ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާކަން ރުކުމާ ހާމަކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒުގެ އިތުރުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހުމީއާއި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރެވެ.
ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން އެ ސަރުކާރުގައި ހިންގި އުމްރާނީ ގިނަ މަޝްރޫއުތައް ހިންގެވުމުގައި އެންމެ އިސް އެއް ދައުރެއް އަދާ ކުރެއްވީ ވެސް މުއިއްޒެވެ. އޭރުގައި ހިންގުނު އެންމެ ބޮޑު އެއް މަޝްރޫއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ބިމުގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" ގެ 7000 އެއްހާ ފްލެޓެވެ.
އެ ފްލެޓް ލިބޭނެ "ހައްގުވެރިން" އެ ސަރުކާރުގައި ކަނޑައަޅައި އެ ފަރާތްތަކަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުން ވެސް ދޫކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް ސަރުކާރު ބަދަލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ރައީސް އޮފީހުގައި ކޮމިޓީއެއް އެކުލަވާލައިގެން ފްލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ފެށިއެވެ.
ފްލެޓް ލިސްޓް މުރާޖައާ ކުރަން ފެށީ ކުރީގެ ސަރުކާރުން އެ ލިސްޓު އެކުލަވާލީ އިންސާފުން ބޭރުން ކަމަށް ބުނެއެވެ. އެކަމަކު މުއިއްޒު ވިދާޅުވާ ގޮތުގައި ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް ޕޮއިންޓް ދޫކޮށްފައިވާނީ އެންމެ އިންސާފުންނެވެ. ޕޮއިންޓް ދޫކުރި އުސޫލުތަކާއި ޕޮއިންޓް ދޫކޮށްފައިވާ ގޮތާއި މި ހުރިހާ ކަމެއް ރަނގަޅަށް ބެލެހެއްޓެވި އޭގެ ލިޔެކިއުންތައް ގެޒެޓް ކޮށްފައިވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެއެވެ.
މި ސަރުކާރުން އެ ލިސްޓު މުރާޖައާ ކުރުމަށް ފަހު ނެރުނު އާ ލިސްޓުގައި، ކުރިން ލިސްޓުގައި ތިބި ނިކަމެތި ހާލުގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުންގެ ނަން އުނިކުރުމާ ގުޅިގެން އެފަދަ ގިނަ ރައްޔިތުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ ފަރާތްތައް ދިރިއުޅެމުންދާ ހާލަތު "އާންމުންގެ އެކުރި ގުޅުން" ޖަމިއްޔާއިންނާއި ގިނަ މީޑިއާތަކުން ވެސް ދަނީ ގެނެސްދެމުންނެވެ.
މިފަހަރު ރަނގަޅީވެސް އިދިކޮޅައް ވޯޓް ދިނުން މާލޭގެ ރައްޔިތުންނާއި ދޭތެރޭގައި 1978 އަހަރުން ފެށިގެން ގެންގުޅޭ ނަސްލީ ތަފާތްކުރުމައް ރައްރަށުގައި ހިލޭ2000 އަކަފޫޓް ގޯތި ދޫކޮއްފައި މިމާލޭގެ ރައްޔިތަކައްވިއްޔާ މަލޭން ހުޅުމާލޭން އަދި ކީއްކުރަންތޯ ރަށަކުންވެސް ގޯއްޗެއްލިބޭނެ ގޮތެއް ނެތް ކިތައް ފުރާވަރުގެ ޒުވާނުންތޯ ޒުވާން އުމުރު އެދުއްވާލަނީ ޒަވާޖީ ހަޔާތެއް ނުފެއްޓި ބޯހިޔާވަހިކަމެއް ނެތީމާ މިއަދު މަސްތުވާ އެއްޗިއްސާއި ކުޑަކުދިންގެ ހިޔާތަކުގަ އެބަރުދާސް ކުރަނީ މިކަމުގެ ހިތިނަތީޖާ މައިމީހާ ބަފާމީހާގެ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ނިކުންނަ ނަތީޖާ ފުލެޓްއޭކިޔާފަ ބޮޑުވިޔަފާރިގަނޑެއް ތިޔަކުރަނީ ސަރުކާރުތަކުން
ބަލަ ރާއްޖޭގެ އެހެން ތަންތަން ތަރައްގީ ނުކޮށް އެމީހުންގެ ޙައްޤު އަތުލި އިރު ކީއްވެ އެކަން ނުހުއްޓުވީ. މާލެޔައް ހުރީ ލާރި އެޅީމަ ވާގޮތް.
އެމްޑީޕީ މީހުނަށް ދުވަހަކުވެސް ރަނގަޅަށްކަމެއްކުރާކަށް ނޭނގޭނެ އަބަފުވެސް ޖާހިލުކަން އެމީހިންދައް ކާނީ ރާބުއިން ވައްކަންކުރުން ނިކަމެއްތިންގެ ޚައްޤުތައްފޭރިގަތުން ޖަނަވާރުން އުޅޭވައްތަރަށް އުޅުމަކީ އެބައިގަނޑުގެ އަސްލުސިފަ މުޅިންވެސްކުރާނީ ރައްޔިތުން ބަލައިނުގަންނަކަންތަ އެހެނުވާނީ އިސްލާމްދީން ގަބޫލުނުރާމީހުނަށް ރަނގަޅުކަމެއްކުރާކަށް ނޭނގޭނެ އެމީހުން ހަމަޖާހިލުކަންގަދައީ!
ރުކުމާއަށް ﷲ ހެޔޮ ވިސްނުން ދެއްވީތީ ޝުކުރުކުރަން.
މޭޔަރު ކަން ލިބުނަސް ހަވާލު ނުކުރާނަން
ކޮންމެ މީހަކުވެސް ތިމާގެ ބޭނުން ނުފުދުނީމާ އުޅޭނީ ތިފާޑަށް ! ކަލޭ މަޖްލިސްގައި އިދެގެން ރައްޔިތުންނަށް ވީ ފައިދާއެއް ބުނެދީބަލަ ؟ ކުޑަމިނުން ކަމަކާބެހޭގޮތުން ޚިޔާލެއްވެސް ހުށައަޅާފަ އޮތީވެސް ހާލަކުން ފަހަރަކު ! އެއީވެސް އޮށްޓަރެއް ހުރި ޚިޔާލަކަށް ގިނަފަހަރު ނުވޭ ! މިވަރުގެ މީހުން ނުހޮވުނީމާ ދެން ތެޅިގަންނަނީ ތިކަހަލަ ގޮތަކަށް ! ކަލޭ މުއިއްޒު ކޮޑަށް ލައިގެން ދުވިއަސް ތިޔަމީހާއެއް ނުހޮވޭނެ !
މޭގަނޑު ގުޑަނީތާއެވެ. މިހާރު އަމިއްލައަށް ހިންގާ ދޮގު ޕްރޮޕެގެންޑާ ރ.ޓީވީންވެސް މިކަމަށް އިއުތިރާފުވެފައި ދެން ހެދީ އަނެއް ދޮގު. އެއީ ކޯލިޝަންގައި ތިބި މީހުންގެ ކޮރަޕްޝަނޭ ބައެއް މިނިސްޓަރުން ބާރުގަދައީއޭ.