ކ. ކާށިދޫގެ ޗަސްބިމާއި ހުޅުލޭ ހުޅަނގު ދެކުނު ފަރާތުން "މޯލްޑިވްސް ވިކްޓަރީ" އަޑިއަށް ގޮސްފައިވާ ސަރަހައްދު ހިމާޔަތްކުރަން ސަރުކާރުގެ ކެބިނެޓުން ފާސްކުރުމުން އެންވަޔަރަމެންޓް މިނިސްޓްރީއިން އެ ކަން ތަންފީޒުކޮށް ހިމާޔަތް ކުރެވިފައިވާ ދެ ސަރަހައްދުގެ ގޮތުގައި ގެޒެޓްކޮށްފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ގެ މިއަދުން ފެށިގެން މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދާއި ކާށިދޫ ޗަސްބިން ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އަދި މި ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
ހިމާޔަތް ކޮށްފައިވާ ކާށިދޫގެ ޗަސް ބިން ސަރަހައްދަކީ ކަންޒުކަހަބުގެ ދިރުން ރާއްޖޭގައި އެންމެ ބޮޑަށް ފެންނާނެ ސަރަހައްދެވެ. ރާއްޖޭގައި މިފަދަ ބާވަތް ދިރިއުޅޭ އޮންނަނީ ވެސް އެންމެ ތިން ރަށެއްގައެވެ. މި ސަރަޙައްދަކީ ކަނޑޫފާ، ކުއްޅަވައްފާ ހިމެނޭ ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަހައްދެކެވެ.
ހިމާޔަތް ކޮށްފައިވާ "މޯލްޑިވްސް ވިކްޓަރީ" ހުޅުލޭ ހުޅަނގު ދެކުނު ފަރާތަށް އަޑިއަށް ގޮސްފައިވަނީ 1981 ގައެވެ. މި ބޯޓު އަޑިއަށްގޮސްފައިވާ މި ސަރަހައްދަކީ މިހާރު "އާޓިފިޝަލް" ފަރެއް ހެދިފައިވާ، މުރަކައާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ސަރަހައްދެކެވެ. އަދި މިއީ ރާއްޖޭގައި ޑައިވްކުރާ އެންމެ މަޝްހޫރު އެއް ޝިޕްރެކް ކަމަށް ވުމުގެ އިތުރުން ދިރޭ ތަކެތިން މުއްސަނދިވެފައިވާ ވަރަށް ހާއްސަ މާހައުލެއް ލިބިފައިވާ ސަރަހައްދެއްވެސް މެއެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިހާތަނަށް މި ސަރުކާރުގައި 24 ތަނެއް ހިމާޔަކޮށްފައިވެއެވެ. ކުރިން ހިމާޔަތް ކޮށްފައިވާ 47 ސަރހައްދާއެކު ޖުމުލަ 71 ސަރަހައްދެއް މިހާރު ވަނީ ރާއްޖޭގައި ހިމާޔަތް ކުރެވިފައެވެ. އޭގެ ތެރޭގައި މާލެ އަތޮޅުގައި ހިމެނޭ 15 ސަރަހައްދެއް ހިމެނެއެވެ. އެއީ މި ފަހުން މި ހިމާޔަތް ކުރެވު ދެ ސަރަހައްދުގެ އިތުރުން 11 ޑައިވް ސައިޓްއަކާއި ރަސްފަރި އަދި ކ. ހުރާގެ ކަނޑޫފާ ސަރަހައްދު ހިމެނެއެވެ.
މީގެ އިތުރުން ވެސް، ބޮޑު ތިލަދުންމަތީގެ 14 ސަރަޙައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަޙައްދަކާއި، ފުވައްމުލަކު ސިޓީގެ އެއް ސަރަޙައްދު އަދި ފާދިއްޕޮޅުގެ ފަސް ސަރަޙައްދެއް މި ސަރުކާރުން ވަނީ ހިމާޔަތްކޮށްފައެވެ.
ހިމާޔަތް ކުރަންވީ ތިތަންތަނެއްނޫން.ހެޔޮނުވާނެ މި ޤައުމުގެ ވެރިކަމުގައި ހުރި މީހާ ހިމާޔަތް ކޮށް ރައްކާތެރި ކުރެވޭތޯ ބަލާދެއްވާ އެ ފަކީރު އެ ރޯ ރުން ފަޒުނާ ނޫން މީހަކަށް ފެންނަނަމް ފެންނަ މީހަކު ހިތް ފަޅައިގެން ދާނެ.
މިރިޔާސީ ދައުރުނިމުމުގެކުރިން ނަސީދުގެނަންވެސް ތިޔަލިސްޓައް އިތުރުކުރާނެ
ތިއޮތީވާ ކަމެއް ކުރެވިފައި ދެން އަވަހަށް ހަވާއަރުވާ
ހިމާޔަތް ކުރި ތަންތަނުގެ ގިނަފޮޓޯތަކެއް ބެލޭނެގޮތް ހައްދަވައިދެއްވުން އެދެން. ނޫނީ ޚަބަރުގަ ލިންކެއް ހިމެނުންވެސް ރަނގަޅުވާނެ.
ވަރަށް ރަންގަޅު
ކިތައްވަނަ ޕްރޮޖެކްޓް ތޯ ތީ