ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އަކީ ޖިހާދަށް ދާން ތައްޔާރަށް ހުރި މީހެއް ކަމަށް ބުނެ ދިމާކޮށްލި އެމްޑީޕީގެ އެކްޓިވިސްޓު ސޫޒަން އިބްރާހިމްފުޅު "ސައިޒު"ވެއްޖެެއެވެ.
ދަގަނޑޭއަކީ ރާއްޖޭގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފުޓުބޯޅަ ކުޅުންތެެރިއަކަށްވާއިރު، އޭނާގެ އަގު ވެއްޓޭ ގޮތަށް ސޫޒަން ވާހަކަ ދައްކަން ފެށުމުން ގިނަ ބަޔަކު ވަނީ ސޫޒަން އަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ. މިކަމާ ގުޅިގެން ސޫޒަން ވަނީ އޭނާގެ ޕްރޮފައިލް ފޮޓޯ ޑިލީޓުކޮށްލައި އެކައުންޓު ތަޅުލައިފައެވެ.
އެމްޑީޕީ ވުޖޫދަށް އައީއްސުރެ މިއަދާ ހަމައަށް އެ ޕާޓީގެ ނުފޫޒު ގަދަ މަގާމުތަކުގައި މަސައްކަތް ކުރި ސޫޒަން އިބްރާހިމްފުޅު، އޭނާގެ އަމިއްލަ ޓްވިޓަ އެކައުންޓުގައި ރައްޓެއްސަކާ ހަވާލާދީކަމަށް ބުނެ ލިޔެފައިވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ އާއި އެމީހުން ކުޅޭތަން ބަލަން ދާނެ ބަޔަކު ތިބިތޯ ސުވާލު އުފައްދާފައެވެ.
" ޓީމް ބަލި ވެއްޖެއްޔާ ދަނޑު ވެސް ގޮއްވާލަފާނެ. ކާކު ސިޑިބަރީގައި އިންނަން ދާނީ" ސޫޒަންގެ ޓުވީޓުގައިވެއެވެ.
ސޫޒަން ކުރި ޓްވީޓުގައި ވަކި މީހެއްގެ ނަން ފާހަގަކޮށްފައި ނުވީ ނަމަވެސް އޭނާ އެ ޓްވީޓު ކޮށްފައި ވަނީ ފުޓުބޯޅަ ކުޅުންތެރިޔާ އަޝްފާގްގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީގެ ފޮޓޯ އާންމު ކުރުމަށް ފަހުއެވެ.
ސޫޒަންގެ ވާހަކަތަކާ ގުޅިގެން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޢަނީ އޭނާގެ ފޭސްބުކްގައި އެކަމަށް ވަރަަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެފަދަ ވާހަކަތައް ހުއްޓުވާނެ މީހަކު ނެތީތޯ އާއި ތަރައްގީއަކީ ޒުވާން މުޖުތަމައު ހަލާކުގެ މަގަށް އެއްލާލާފައި ވެވޭ އެއްޗެެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އެއްޗެއް ނުބުނެ ތިބެވޭ ވަރަށް ވުރެ މައްޗަށް ކަންކަން ގޮސްފައިވާ އައްސަދު ވަނީ ބުނެެފައެވެ.
The “Ali’s”
The 2 lagends of Maldives 🇲🇻 pic.twitter.com/47k6LmMkIf— Ahmed Shafeeu (@Shafeeu0077) February 13, 2021
އަޝްފާގް އަދި އަކްރަމް އާ ދެ މީހުންނަކީ ވެސް އާއްމުންގެ ލޯތްބާއި އިޚުތިރާމް ލިބިފައިވާ ބަޔަކަށް ވާ އިރު، ސޫޒަންގެ އެ ވާހަކަތަކަށް އެތައް ބައެއްގެ ނުރުހުމާއި ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އެތައް ބަޔަކު ވަނީ އެއްވެސް ހެއްކެއް ނެތި އެފަދަ ބޮޑު ތުހުމަތެއް ކުރުމުން ސޫޒަންއާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ބައެއް މީހުން ވަނީ އަޝްފާގާއި އަކްރަމް ހޯދަދިން ރީތި ނަން ހަނދާން ނެތުނީތޯ ސުވާލު އުފައްދައިފައެވެ. މިކަމަށް ދީނީ އިލްމުވެރިންނާއި އާންމުންގެ ތެރެއިންވެސް ގިނަބަޔަކު ވަނީ ފާޑުކިޔަން ފަށާފައެވެ. ޓްވިޓާގެ އިތުރުން ފޭސްބުކްގައިވެސް ގިނަ ބަޔަކު އަންނަނީ ދަނގަޑޭގެ ދިފާއުގައި ނިކުންނަމުންނެވެ.
Dhagandey > any political party/politician
— Zakitte (@ZakitteOfficial) February 13, 2021
ހެހެހެހެ.ގަދަނޑޭއާއި ކުޅެން ކަލޭ ހިތަށް ނާރުވައްޗޭ.ލަދު ކޮބާ ސޫނާ.
"ޑިއުކް އޮފް ހިންނަވަރު" ދެން ދަނގަޑޭ އަށް ކިޔަންވާނީ. ނުކިޔަވާ ކިނބޫ އަށް ބޮޑުބޭބެ ކިޔާ މީހަކު ކަމަށްވާ ސޫޒަން ހިތްޕުޅާ ހަމަކުރެއްވީމާ ދޭންޖެހޭނީ މިފަދަ ނަމެއްތާ !
އިބިލީސްތައް ވީ މި ގަުމުންވެސް ސައިޒުކޮއް ބޭރުކުރަން
އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ މީހެއްގެ ހަގީގަތެވެ. ވޯޓް ދޭ އިރު ވިސްނާލަން ޖެހެ އެވެ.
ސައިޒުވީމާ އެހުންނަނީ ފޮޓޯގައި ހުންނަ ގޮތަށްތަ؟
މި ލާދީނީ ބައިވަރު ގަނޑު އަބަދުވެސް ތެޅޭނީ އެ ފާޑަށް.. ހިތަށް އަރާ ޖެހި ޖެހީނުން..........
ޔަހޫދީބައިގަނޑު މިހި ރަގެން ފަލީހަތްވެ ނިކަނެތިވަނީ 2023انشالله
ވަރަށް ރަގަޅު... އަޝްފާގު އަދި އައްސަދު އިޒް ތަ ބެސްޓް ޕްލެއަރސް
ހާދަ ވަސްދުވައޭ ދޯ
ޖިހާދައް ނުގޮސް ކުޅެވޭ ކުޅި ފޮޓޯއިން ތިޔަ ފެނިގެންދަނީ މިހާރު. ލާދިނީއޭ ބުނީމަ މި ބައިގަނޑައް ކަމުނުދަނީ.. ދެން ކޯޗެކޭ އަހަރުމެން ކިޔަންވީ؟؟؟ ކޮން ސޫޒަނެއް ކޫސްންޏެއް ކިޔާކައް.. ޖިހާދޭ އަނެކެއްޗެކޭ ކިޔައިގެން މުޅި މުޖްތަމާ ފަނި ކުރަން ނޫޅެ ޑަކައިތުގަނޑާ.
ކަލޭމެން އެއަކު އަނެކަކައް ބެއްދި ބެއްދީނުން އެކެތި އަނެކެއްޗައް ފައްކޮއް ބަނޑިކޮއްލިޔަސް އޭ މައްސަލައެއް ނޫން ދޯ؟؟؟؟؟ އިސްލާމް ދީނާ ދެކޮޅުވިއަސް ތަންފުކެއް ބޮޑުވަރު....
ލާދީނީޔަތައް އަހަރެން އަބަދުވެސް ދެކޮޅު އެމްޑީޕީގެ މަތިފަތީގަ ތިބީ ބޮވެންވާނޭކިޔާ ބައެއް ދީނައް ފުރައްސާރަކުރާ ލާދީނީ ބައިގަނޑެއް
ދެން ފެންނާނީ ތިޔަ ސޫޒަނެއް ބިންމައްޗަށް ވެއްޓިގަނެފަ ކުޑަ ބާބާއެއްހެން ރޮއެގަނެފަ ބުނާތަން އޭނާއަަށް ހައްދުފަހަނައެޅިމީހުން ބިރުދައްކަނީއޭ، މިރާއްޖެއަކު މިނިވަންކަމެއް ނެތޭ، ކެނެޑާއިން ހިމާޔަތް ދޭށޭ.
ނޭންގޭ ޑު ރާމާއެއް ނޫން ތިއީ. ބަލާ ބަލާ ފޫހިވެއްޖެ.
ކަލޭ ދަނގަޑޭއާއި ނުބެހޭ.