އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި ހަތަރު މީހަކަށް އެނދުމަތިކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު 19:00 ގައި ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެ ސިޓީގެ ކޮވިޑް ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ އެނދުމަތިކޮށްގެން ފަރުވަދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ ކޮވިޑް ފެސިލިޓީގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންން އަންނަނީ 3 ދިވެހިންނާއި އެއް ބިދޭސީ މީހަކަށެވެ.

އެސިޓީން ހަތަރު މީހަކަށް އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، އޭއީއޯސީން ބުނީ އެސިޓީން އިތުރު 5 މީހަކު ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އެއީ އޭވިއޭޝަން އިހާއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫއިން 3 މީހަކު ފޭދޫއިން 2 މީހެކެވެ. މިއާއި އެކީ އައްޑޫއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 53 އަށް އަރާފައެވެ.

މިހާތަނަށް ވޭދަނަތައް ފެނިފައިވަނީ ހިތަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުދޫމީދޫއިންނެވެ. ހިތަދޫއަށް ބަލާއިރު 20 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ. މަރަދޫފޭދޫ 4، ފޭދޫ 9 އުޅޭއިރު، ހުޅުމީދޫން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 25 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު