ރާއްޖެއިން އިތުރު 209 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ފައްސިވި 209 މީހުންގެ ތެރެއިން 101 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި ރާއްޖޭގެ ރަށްތަކުން 15 މީހަކު ފައްސިވިއިރު، ރިސޯޓްތަކުން ހަ މީހަކު އަދި ސަފާރީތަކުން 14 މީހަކު ފައްސިވެފައި ވެއެވެ. އަދި އިންޑަސްޓްރިއަލް ވިލޭޖްތަކުން 73 މީހަކު ވަނީ މިއަދު ފައްސިވެފައެވެ.

ރާއްޖެއިން މިއަދު 209 މީހުން ފައްސިވެފައި ވަނީ 4006 ސުންކު ނަގައިގެންނެވެ.

މިހާރު ރާއްޖެއިން ކޮވީޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 17716 އަށް އަރާފައެވެ.

ރާއްޖޭގައި މި ބަލި ޖެެހިގެން ފަރުވާދެމުން ދަނީ 2360 މީހަކަށެވެ. މީގެ ތެރެއިން 190 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

ރާއްޖޭގައި ކޮވިޑް-19 ފަތުރެމުންދާއިރު، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން 24 ގަޑިއިރު ތެރޭގައި ދެ މީހަކު ކޮވިޑް-19 ބަލީގައި ނިޔާވެފައިވާއިރު، މިހާރު އެ ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 58 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޒައިކް

  ދެން ތިވަރުން ވެއްޖެނު 2 ހަފްތާވަރަށް ސްކޫލުތަކާ އޮފީސްތަކާ ހޮޓާ ރެސްޓޯރެންޓްތައް ބަންދުކޮށް ވެކްސިންޖަހާފަ ހުޅުވަން މަޑުކުރަން.. އެ ނޫން ގޮތަކަށް ދެން ނަންބަރު ވެއްޓޭނެ ކަމަކަށް ނުފެނޭ..

  13
  1
  • ޒިކް

   ނުކުރަނީ ފޭކު ސިޔާސީ އަދަދު ތަކެއް ވީމަ.. ސީރިއަސްކަމެއް ހުރި ނަމަ އެ ސީރިޔަސްކަން ޢަމަލުންވެސް ފެންނާނެ.. ބަހުން މެޓާ ޢަމަލުން ޗަސް.. އެހެންވީމަ ތި ނުރައްކާ ވަރު ނިކަން ސާފު

 2. ނައިކް

  އައްނިއަށް ބިރުން ހަމަ އެކަނި ވެހިކަލް މަނާކޮށްފަ ތި ތިބެނީތާ އެންމެ ގިނައިން ކޮންޓެކްޓެ ސްޕްރެޑްވާ އޮފީސް ސްކޫލް އަދި ސައި ހޮޓާ ކެފޭ ތަންތަން ދޫކޮށްލާފަ.. މަދުވެގެން 2 ހަފްތާއަށް ނަމަވެސް ބަންދުކޮށްގެން ވެކްސިނޭޝަން ކުރިޔަށް ގެންގޮސްގެން ނޫނީ ނަންބަރު ވެއްޓި އެޑްމިޓްކުރާވަރު މަދުވާނެ ކަމަކަށް ނުފެނޭ.. މަރުތައް އިތުރުއެބަވޭ ދެން ވެސް އަތަށް ގޮވާދެން ނުތިވެ ފިޔަވަޅުއަޅާ

  10
  1
 3. އަންނި

  ވާނެ ވާނެ އަޅުގަނޑުމެން ބުނާ ބަސް އަހައިގެން އުޅެންޏާ ތިޔައްވުރެ ގިނައިންވެސްވާނެ.

  6
  1
 4. ސަތަރޭ

  ހެހެހެ، އެކަމް ސައިކް ތަކައް މިހާރު ކޮވިޑް ނުޖެހޭ
  ޢޯކޭ އެއްނު

  6
  2
 5. ދެރަ

  ސްކޫލްތައް ހުރިހާ ގްރޭޑްތަކަށް މިހާރަށް މިހާލަތުގަ ބަންދު ކުރަން ފެނޭ... ސްކޫލް މުވައްޒަފުން ޓެސްޓް ކޮށްލައިފިއްޔާ ވާނެ ގޮތެއް ވެސް ނޭގޭ، ހުރިހާ މުވައްޒަފުންް އެއްތާކު އެތަށް އިރު މަސެއްކަތް ކުރަން ޖެހުމުގު ސަބަބުން ހާލަތު ރަގަޅެއް ނޫން.... ބަލި ވިއަސް ސްކޫލަށް ނިކުންނަން ޖެހޭ