އދ. ހަންޏާމީދޫން ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހަންޏާމީދޫން ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވީ، އޭނާ ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓްގެ ނަތީޖާ ފައްސިވުމުންނެވެ. އެހެންވެ، އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ނުވަ މީހަކު މިހާރު ކަރަންޓީންގައި ތިބި ކަމަށްވެއެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މާލެ ފިޔަވައި ހަލުވިކަމާ އެކު ކޮވިޑް ފެތުރޭ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ އާއި ފުވައްމުލައް ހިމެނެއެވެ. އެގޮތުން އައްޑޫ ސިޓީން މިހާތަނަށް 60 މީހަކަށް ކޮވިޑް ޖެހުނު އިރު، ފުވައްމުލަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ އިން މިހާތަނަށް 17،000 އަށް ވުރެ ގިނަ މީހުން ފައްސިވެ، 58 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

މި ބަލި ޖެހިގެން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާ އިރު، 2،000 އަށް ވުރެ ގިނަ މީހުންނަށް މިހާރު ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު