ޝަރީއަތުގައި ސިއްރު ހެއްކާއި ސިއްރު ރިޕޯޓް ބޭނުން ކުރުމުގެ މިންގަނޑުތަކެއް ސުޕްރީމް ކޯޓުން ކުރިން ކަނޑައެޅިނަމަ ސިއްރު ހެކި ބޭނުން ކުރުމަކީ އާންމު ކަމަކަށް ވެގެން ނުދިޔައީސް ކަމަށާއި އެއީ ނުރައްކާތެރި ދެ ވަސީލަތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ބޮޑެތި ޖިނާއީ ކުށްތައް މީހުންގެ މައްޗަށް ސާބިތު ކުރުމުގައި ސިއްރު ހެއްކާއި ސިއްރު ކިތާބީ ހެކި ބޭނުންކުރުން ޢާއްމުވެފައިވަނިކޮށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން ފޭސްބުކްގައި ލިޔުއްވާފައިވަނީ "ސިއްރު ހެއްކާއި، ސިއްރު ރިޕޯޓަކީ ނުރައްކާތެރި ދެ ވަސީލަތް" ކަމަށެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން ވިދާޅުވެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ސިއްރު ހެއްކާއި، ސިއްރު ރިޕޯޓުގެ އެހީގައި ދައުވާތައް ސާބިތު ކުރަމުންދާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.
"ހިތާއަމައަކީ (މައްސަލަތަކެއް ހުރި) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ނަމަވެސް، މިއަދު އެދަނީ ސިއްރު ހެއްކާއި، ސިއްރު ރިޕޯޓުގެ އެހީގައި އެ ބޭފުޅުންގެ މައްޗަށް ދައުވާތަކެއް ސާބިތު ކުރަމުންނެވެ." މިހާރުގެ އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް އިޝާރާތް ކުރައްވާ އަޙްމަދު ފާއިޒް ހުސައިން ވިދާޅުވެފައިވެއެވެ.
ސިއްރު ހެއްކާއި ސިއްރު ރިޕޯޓުގެ މައްޗަށް ބިނާކޮށް ސްޕްރީމް ކޯޓުން މަޝްހޫރު މައްސަލައެއް ސާބިތު ކޮށްފައިވާކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު އިޝާރާތް ކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ކުރަން ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައަށެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައިގައި ސިއްރުން ހެކިބަސް ނަގައިދިނުމަށް އެ ޕާޓީން އެދުނުއިރު، ދައުލަތުން ހުށަހެޅީ ސިއްރު ރިޕޯޓެކެވެ. އަސާސީ ހެކި ސިއްރުކޮށް މައްސަލައިގައި ޖަވާބުދާރީވާ ފަރާތް އަނދިރީގައި އޮއްވާ މައްސަލަ ސާބިތު ކުރުމަށް އެފަދަ ހެކި ބަލައި ގަތުމާމެދު އެދުވަހު އަޙްމަދު ފާއިޒް ހުސައިން ރައުޔު ތަފާތުވެ، ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ނުކުރެވޭނެކަމަށް ބުނެ ވަކި ރައުޔެއްވެސް ނެރުއްވިއެވެ.
"ސްޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން އެދުވަހު ސިއްރު ހެއްކާއި، ސިއްރު ރިޕޯޓް ބަލައި ނުގަތްނަމަ، މިއަދު ޖިނާއީ މައްސަލަ ސާބިތު ކުރުމުގައި އާއްމު އުސޫލަކީ ސިއްރު ހެއްކާއި ސިއްރު ރިޕޯޓުގެ ގޮތުގައި ވެގެން ނުދިޔައީހެވެ." ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން ވިދާޅުވެފައިވެއެވެ.
ސިއްރު ހެއްކާއި ސިއްރު ކިތާބީ ހެއްކަކީ ޖިނާއީ މައްސަލަތައް ސާބިތުކުރާ އާއްމު އުސޫލަށް ވެފައިވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއިރު، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވިކަން ސިއްރު ހެއްކާއި ސިއްރު ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް ސާބިތުކޮށް މިހާރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އެ ދުވަހު ފާއިޒުގެ ރައުޔަށް އަމަލުކުރި ނަމަ މިއަދު ރާއްޖޭގައި އޮތީހީ އިންޑިއާގެ ވެރިކަން. މިތަން ވީހީ މޯލްޑިވްސް ޕްރޮވިންސަށް. އިސްލާމީ މަރުކަޒު ހުރި ތާނގައި ހުރީހީ ފައްޅިއެއް. ޤައުމީ ސަލާމާތަށްޓަކައި ސިއްރު ހެކި ބަލައިގަތުމަކީ މުހިއްމުކަމެއް.
ތިބޭފުޅާ ޝަރިއީ ގޮތުން ކުފޫ ހަމަނުވާތީ ވަކިކޮއްފައި ތިހުންނެވީ، އެކަމުގައި އަމިއްލަ ދިފާއުގައި ވެސް އެއްޗެއް ވިދާޅުވަން ނޭގުނު، ދެން ލަފާދެއްވަން ނުހައްދަވާ، ކޮންމެސް އެހެން ދާއިރާ އަކުން ކޮންމެސް ކަހަލަ މަސައްކަތެއް ކޮއްލަވައިގެން ދިރި އުޅުވޭތޯ ބައްލަވާ،
ފޭސްބުކު ގައި ލުޔުއްވުމަކީ ކަމެއް ނެއް ބޭފުޅުން ވަރަށް ފޫހިފިލާކަމެއް،
ތިބޭފުޅާވެސް އެތާއިނދެ ކުރިކަމީ މަނީ މޭކްކުރުން އިތުރު އެއްވެސް ކަމެއް ނުކުރޭ ދެން މިހާރު ފުންމައިގެން އަރާ ކޮންހާ މޮޅުވާހަކައެއް ދައްކާނަމޭހިތާތަ ތިއުޅެނީ. މިހާރު ހައްޔަރުކޮށްފައި ތިބި މީޙުންނަކީ ހަމަ ގައިދީންނަށް ވާނެ އެއީ ކުށްކޮށްގެން އަދަބު ލިބޭމީހާ އަށް ކިޔާނަމެއް.
ފާއިޒު ދެރަވީތޯ