މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 125 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 104 މީހަކު ފައްސިވީ މާލެ އިންނެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން 14 މީހުން ރިސޯޓްތަކުން ހަމީހުން އަދި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ ރަށަކުން އެކަކު މިއަދު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު 112 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު