ފުވައްމުލަކުން އިތުރު ދެ މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލީ މަސީހު ވިދާޅުވީ، ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ އަދަދު 660 އަށް އަރާފައިވާ ކަމަށާއި، އޭގެ ތެރެއިން ހިރާސް ބޮޑު ކެޓެގަރީއަށް ނިސްބަތްވާ 45 މީހުން ހިމެނޭ ކަމަށެވެ. އަދި ބަލީގެ އަލާމަތްތައް ފެންނަ 12 މީހުންވެސް ހިމެނޭ ކަމަށް މަސީހު ވިދާޅުވިއެވެ.

އެ ސިޓީގައި މިހާރު ކޮވީޑަށް ފައްސިވެފައިވާ 26 މީހަކު އެބަތިއްބެވެ. އަދި ސިޓީން ކޮވިޑަށް ފައްސިވި މީހަކު އެނބުރި އެ މީހާގެ ރަށަށް ދިއުމުން އެ މީހާގެ ވޭދަނަ ވަނީ އެރަށު ލިސްޓުން އުނިކޮށްފައެވެ. މިއާއެކު އެރަށުން ޖުމްލަ ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 31 އަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި ބަލިން ރަނގަޅު ފަސް މީހުން ހިމެނެއެވެ.

އެ ސިޓީގައި ކޮވިޑްގެ ދެ އިހަލެއް ވަނީ އުފެދިފައެވެ. އެއީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ އިހަލާއި، އަދި އެރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކާއި ގުޅުން ހުރި އިހަލެވެ.

ކިޔުންތެރިންގެ ހިޔާލު