ރާއްޖޭގެ ފިލްމީ ދާއިރާގައި ކުރިން އުޅުނު ފިލްމީ ތަރި އަލީ ޝިޔާމް އާއި އޭނާގެ ގޭގެ އެންމެން ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމައިފިއެވެ.
ފިލްމީ ތަރި ޝިޔާމް ކުރި ޓުވީޓެއްގައި ބުނީ އޭނާ އާއި ގޭގެ އެންމެންގެ ވޯޓް މުއިއްޒަށް ދޭން ނިންމައިފައިވާ ކަމަށެވެ. އޭނާގެ ޓުވީޓުގައި ބުނީ ހުރިހާ ކާމިޔާބެއް ދެއްވުމުގެ ބާރުވެރި ފަރާތް، ﷲ ތަޢާލާގެ ކިބައިން މުއިއްޒަށް ކާމިޔާބު ދެއްވުމުގައި ވާގި އެދޭ ކަމަށެވެ.
Alhuganduge emmen Vote muizz ah dheyn ninmaifin. Keerithi Allahge Rahmaifulhun. kaamiyaab dhevvumah edhevey. hurihaa kaamiyaabeh dhevvumuge baaruveri faraathun vaagi edhen. pic.twitter.com/5v5BbGcasG
— 𝐀𝐥𝐢 𝐒𝐡𝐢𝐲𝐚𝐦. A 032608 (@CharlieShiyam65) February 16, 2021
ފިލްމީތަރި ޝިޔާމް އާއި އޭނާގެ ގޭގެ އެންމެން މާލޭ މޭޔަރު ކަމަށް ޑރ. މުއިއްޒު ގެންނަން ވޯޓުދޭން ނިންމި އިރު ޝިޔާމް އަކީ އެމްޑީޕީގެ މެމްބަރެކެވެ.
ޝިޔާމް ބުނީ ވަކި ޕާޓީއަކަށް ނިސްބަތް ވިޔަސް ވޯޓްލާން ވީ އެކަށޭނަ ގާބިލް މީހާއަށް ކަމަށެވެ. އެހެން ނޫނީ އެ ކުރެވުނީ ގައުމަށް ޣައްދާރުވުން ފަދަ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޝިޔާމް ރާއްޖެ އިން ބޭރުގައި އުޅުއްވާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
މުއިއްޒު ގާބިލުވެގެން ކީއްތަކުރީ؟
ކުރާ މަސައްކަތް ބަލާ ގަންނަ ފަރާތެއް ނެތި ހިތުގައި ތަފާތު އިހުސާސް ތަކެއް އެނބުރޭ ކަމަ ވަނީ ނަމަ ކޮންމެ ގޮތަކަށްވެސް މިސްރާބު ބަދަލް ވެ ހިތް ނޭދޭ ގޮތަކަށް ކަން ކުރަންޖެހި ބުނަން ބޭނުން ނުވާ ބަސްތަށް ބުނަން މަޖުބޫރު ވެވިދާނެ އެގޮތަށް ނިންމާ ނިންމުމަކީ އެންމެ ރަގަޅު ނިންމުމަށް ނުވެދާނެ
އަސްތާ! ތިހާ ފޭނުން ގިނަ، ސުޕަރ ސްޓަރ އެއް ތާޢީދު ކޮށްފިއްޔާ، އެމީހަކު ހޮވޭނެ އެވެ. މުޢިއްޒަށް އެޑްވާންސްކޮށް މަރުޙަބާ ދަންނަވަމެވެ!
ޓީވީ އިސްކުރީނަކަށް އަރައި އަނގަޔާ އަތާ ދިމާނުވާގޮތަށް ފާޑެއްގެ ވައްތަރެއް ޖަސްލީމާ މިރާއްޖޭގައި ފިލްމު ސްޓާރަކަށްވީއެވެ. އެއީ ވަރަށް މަޝްހޫރު ތަރިއަކަށްވީއެވެ. ދެން ބޮޑެތި ސިޔާސީ މީހުންވެސް މި ސަޓާރުންގެ ސަޕޯޓް ނުލިބިގެން ތެޅިފޮޅެންވީއެވެ. އަޖައިބެކެވެ. ތިޔައިން ސްޓާރަކަށް ލިބޭނީ އޭނާގެ ވޯޓެވެ. މޮޅިއްޔާ ފަހަރެއްގާ އަނބިގޮއްޔެގެ ވޯޓު ލިބިދާނެތޯއްޗެކެވެ.
މުއިއްޒު އަކީ ޤާބިލް މީހެއް ނޫން އޭނާ މީގެ ދުވަސް ކޮޅެ ކުރިން ކަންކުރިގޮތް ނޭގޭނެ ކުޑަ ކުއްޖަކުވެސް މިޤައުމުގައި ނުހުންނާނެ މިޤައުމުގައި އެޅި ފުލެޓް ބަހާލީ ކޮންތަކަށް ކަން އޭނާ އަށް އިހުސާސްވެސް ނުވޭ. ދެން އެފަދަ ފުރުސަތެ ދިނުމަކީ ހިތާމަ ހުރި ކަމެއް
ތިދެން މުއީޒް އަށް މޭޔަރުކަން ލިބުނީ ރުކުމާ އާއި އަލީ ސިޔާމްގެ ތާއީދު ލިބުނީ މާ މާލޭގެ ރައްޔިތުންގެ ތާއީދުލިބުނީ މުއީޒް މޭޔަރުކަމުގެ ހުވާކުރަން ތައްޔާރުވޭ
ތިހެން ވެއްޖިއްޔާތި ހޮވުނީ...
ޢެމް.ޑީ.ޕީ ،ވިޔަސް ކަންކުރަން އިގޭމީހަކީ މުއިއްޒު.މަގޭ ވޯޓު ދޭނީ ނަތީޖާ ނެރޭނެ މީހަކަށް.ޕާޓީ އަށްދިން ވޯޓު ވީކަމެއްނެތް.އެމް.ޑޕ ސޮރީ.ގޭވް މެނީ ޗާންސް
ފިލްމީތަރި ޝިޔާމަށް ރައީސް އޮފީހުން ފޭކް ކޯލް އާދޭތަ މިހާރުވެސް؟؟
ތީއަސްލު ފުލެޓް ވަގު މުއީޒު