22:02

މިއަދު ރާއްޖެ އިން 127 މީހުން ކޮވިޑަށް ފައްސިވެއްޖެ.

21:57

ކަރަންޓީނާއި ހިލާފުވި މީހަކު ދިހަހާސް ރުފިޔާ އިން ޖޫރިމަނާކޮށްފި.

21:56

ފުވައްމުލަކުގައި އިއުލާންކޮށްފައި އޮތް ކާފިއު ހަފްތާއަކަށް އިތުރުކޮށްފި.

18:54

ތަރުތީބެއް ނެތި ނެގި ސުންކަކުން ގާޒީ ސްކޫލްގެ ޓީޗަރަކު ފައްސިވެ ގިނަ ބަޔަކު ކަރަންޓީންކޮށްފި

17:30

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ އާ ވައްތަރެއް ޖަޕާނުން ފެނިއްޖެ

12:12

ރާއްޖޭގައި ކޮވިޑް ވެކްސިން ދިން މީހަކު ނިޔާވެއްޖެ.

11:03

އެސްޓާޒެނެކާ ވެކްސިންގެ ސައިޑްއިފެކްޓްތައް ގިނަކަމުން ޔޫރަޕްގެ ގައުމުތަކުން ކަންބޮޑުވެއްޖެ.


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ދަށަށް ނުގޮސް އަދިވެސް ހުރީ 100 އަށްވުރެ މަތީގައި ހިފެހެއްޓިފައެވެ. މިއަދު ވެސް 116 މީހަކު ވަނީ ފައްސިވެފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިއަދު ވަނީ ރެކޯޑް އަދަދެއްގެ މީހުންނަށް ވެކްސިން ދީފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިއަދު ރާއްޖެއިިން 7،818 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެެރެއިން މާލެ ސަރަހައްދުން 5،998 މީހެއްގެ ގަޔަށް ވެކްސިން ޖަހަފައިވާއިރު، ރަށްތަކުން 1،820 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 64،048 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 49،836 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 14،212 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ލަޔާން

  ވެކްސިން ޖެހުން ގިނަވުމަކީ ރަގަޅު ކަމެއް.... އެކަމަކު މިނިސްޓްރީތަކުން ވެކްސިން ޖަހަން އެހީތެރި ވާށޭ ކިޔާފަ ހައިރިސްކް މުވައްޒަފުން ވެކްސިން ޖަހަން ދާ ތަނަށް މަސެއްކަތް ކުރަން ދާން އެންގުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް... ވެކްސިން ޖަހާ ތަންތާގަ މަސެއްކަތް ކުރަން ޖެހެނީ ވަރަށް ކައިރި ކައިރީގަ، ސޯޝަލް ޑިސްޓެންސް ނެތި.. މިއީ ވަރަށް ހިތާމަހުރިކަމެއް... ވަޒީފާއިން ކަޑާލާފަނެތީ އެންގީމަ ދާންޖެހޭ.. މިނިސްޓްރީ ތަކުން ފަރުދީ ޒިންމާ ނަގަން ޖެހޭ...

  2
  1
 2. ޖިރޭމު

  ފައްސި ހުންނާނީ މަތީގައެވެ. ރޭމެންދަމުން އަލިވެ 2 ޖަހަންދެން އަމީނީ މަގުގައި ރަގަޅަށް މާސްކުވެސް ނާޅާ ވެހިކަލް ބޭނުންކޮށްގެން ހަޅޭފަޅޭލަމުން އެ ހިންގީ ކާފިޔު ކަމަށް ވަންޔާ ނަންބަރުތައް ހުންނާނީ މަތީގައެވެ. އެއްވެސް ބަޔަކު ދެއަނގައިން ވާހަކަ ދައްކަންޔާ ވާނީ އެހެނެވެ. ކަމާ ބަހާ ދިމާނުވީމާވެސް ވާނީ އެހެނެވެ.

  2
  2