އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަންޔަން ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުގައި ބޮޑެތި އެއްބަސްވުންތަކެއްގައި ސޮއި ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނީ އަންނަ އާދިއްތަ ދުވަހު އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށާއި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކެއް އިފްތިތާހު ކުރުމަށް ކަމަށެވެ. އެއީ ކޮން އެއްބަސްވުންތަކެއް ކަމެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެކަމަކު، ހައި ކޮމިޝަނުން ބުނި ގޮތުގައި ހާރިޖީ ވަޒީރުގެ މި ދަތުރުުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއާ، މަގުތައް ހެދުމާއި، ފިޝަރީޒް، ދެމެހެއްޓެނިވި ގޮތުގައި ރަށް ފުށުގެ ތަރައްގީ ކުރިއެރުވުމާއި މީޑިއާ ކޯޕަރޭޝަން، މީހުން ބިނާ ކުރުން އަދި ކުޅިވަރު ތަރައްގީ ކުރުން ފަދަ ދާއިރާތަކުން މަޝްރޫއުތައް ފައިނޭންސް ކުރުމާ ގުޅޭ ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ ކަމަށެވެ.

އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދެވޭ ބައެއް ކޮމިއުނިޓީ-ލެވެލް މަޝްރޫއުތައް ހާރިޖީ ވަޒީރު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވާނެ ކަމަށް ވެސް އިންޑިއާގެ ހައި ކޮމިޝަނުން ހާމަކުރެއެވެ.

ހާރިޖީ ވަޒީރުގެ މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާނެއެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އެކު ޖޮއިންޓް ބައްދަލުވުމެއް ބާއްވާނެއެވެ. މި ދަތުރުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ލީޑަރުންނާ ވެސް ހާރިޖީ ވަޒީރު ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އިންޑިއާގެ ހާރިޖީ ވަޒީރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މެދުގައި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ބޭއްވިތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ބައްދަލުވުމުގައި އިއުލާން ކުރި ހުރިހާ ކަމެއް ވަނީ ތަންފީޒުކޮށްފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ވެދިން އެހީތައް:

 • ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުން.
 • މާލެ-ތިލަފުށި ބްރިޖު މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދިނުން.
 • ބްރިޖު މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުން.
 • ރާއްޖެ އާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުން.
 • ރާއްޖެ އާއި އިންޑިއާއާ ދެމެދު ޓްރެވަލް ބަބުލްއެއް ގާއިމުކުރުން.
 • އިންޑިއާ އިން ގެންނަ ޒަރޫރީ ބާވަތްތައް 15 އިންސައްތަ އިތުރު ކުރުން.

އިންޑިއާ އިން ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާގެ ކުންފުންޏަކުން ރާއްޖެ އަށް ހަދިޔާ ކުރި 100،000 ކޮވިޝީލްޑް ވެކްސިން ޑޯޒް ހިމެނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ ގުޅުން ބަދަހިވެފައެވެ. އަދި ހާރިޖީ ވަޒީރުގެ މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ހައި ކޮމިޝަނުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ރާޖޭޝް

  އާއޯ ބާއީ. ޔޭ މޯލްޑީވް ތުމްހާރާ ދޭސް ހޭ. އާއޯ. ކާއޯ

  29
  6
 2. ޚާރު

  މީޑިއާ ކޯޕަރޭޝަން ހަދާފަ ނޫސްވެރިން ގަނެލުން ހިމެނޭ...ދޯ

  45
  3
 3. ޚާރު

  ގައުމު އިންޑިޔާ އަށް ވިކި ހުސްވަނީ

  55
  4
 4. ސޮއްބެ

  އެލެކްސް އަށް ކިހާ ވަރެއް

  48
  4
 5. ޙާކިމާ

  ކިޔާ ބާތުހޭ.
  ހަމާރާ ދޭޝް - ބިދޭޝް ކާ ހާތު
  ހަމާރާ ކާމު - ބިދޭޝް ކާ ޕައިސާ

  21
  2
 6. ލޯބިވާ ވަޠަން

  މިގައުމު އެކީ އެކަށް ވިއްކައި ހުސްކޮށް ޖީބު ފު ރާލާތި. ކަލޭމެން ﷲ ގަންދީ ކުރ ރި ހުވާ ކޮބާ؟ މިލިއަނުން މިލިއަނުން ޑޮލަރ ރު ދިނޭ ބުނާއިނރު މީ ހުސް ދަރަ ރަނި. ދަ ރަނި ނަގައިގެން ގެސް ގައުމަށް ކޮށް ދެވުނު ކަމެއް ފެންނާކަށް ނެތް. ޔާﷲ މި މުސީބާތުން އަޅަމެން ސަލާމަތް ކު ރައްވާށި.

  33
  2
 7. ރަން ރީނދޫ

  މި ހުރިހާ ކަންކަމުންވެސް ފައިދާ އޮތީ އިންޑިއާއަށް. ލޯނާއި،އިންޑިއާއިން މުދާގަތުމުގެ އެއްބަސްވުންތަކާއި ބަދަލްގައި ރާއްޖެއަށް ފާވެގަތުމާއި،މިޔަކީ ހެޔޮއެދޭބަޔަކު ކުރާޒާތުގެ ކަންކަމެއްނޫން.

  31
  3
 8. ނަންރީތި ހުސޭނު

  އިންތިހާބައް ކަޑަޖެހުން ނޫން ކަމެއްނުވާނެ.

  28
  3
 9. ރާއްޖެ

  އިބޫ ގެ ނަން ތާރީޚްގަ ލިޔެވޭނީ އިންޑިއާއަށް ގައުމު ވިއްކާލި ޚިޔާނާތްތެރި ގައްދާރެއްގެ ގޮތުގަ.

  36
  3
 10. ރަދީފް ހުސެން

  2019، 2020، 2021 ހަމަ ސޮއެކު ރަނީ، މިވެނި މަސް ރޫއެއް ހިންގަން ސޮއެ، 6 މަސްފަހުން އެމަސް ރޫއު ގެންދާނެ ގޮތް ބަލަން ސޮއެ، 4 މަސް ފަހުން އެމަސް ރޫއައް އިންޑިޔާގެ ލޯނުހޯދަން ސޮއެ، ދެން 8 މަސްފަހުން ލޯނު ލިބޭނެ ކަމުގެ ސޮއެ، ދެން 3 މަސް ފަހުން އެތަނުގެ މަސައްކަތް ފަށާނެ ދުވަހެއް ނިންމަން ސޮއެ. ގާބުރި އެއްބޭއްވިޔަސް އިންޑިޔާއިން ކޮއްދޭކަމެއް، ދައުލަތުގެ ބަޖެޓުން ކަމެއް އަދި ނުވާއިރު 2 އަހަރުގެ ބަޖެޓައް ވީގޮތެއްނޭގެ. އެކަމު މިވެސް ހަމަ ރައްޔިތުންނައް ހިދުމަތްކުރާ ސަރުކާރެކޯ !! !

  32
  3
 11. ޓ

  ޢެއް ބަސްވުމެއް ގައި 10 ފަހަރަށް ސޮއި ކުރަނީ......ދިވެހިންނަކީ...ގަމާރު ބައެއްކަން ދައްކަން...
  ކޯސްޓްގާޑް ބިލްޑިންގެ ބިންގާ ޔާމިން އިރުވެސް އެޅި
  ކާރނަލް ނާޒިމް ހުރި އިރު.... ފޮޓޯ ވެސް އެބަހުރި

  27
  2
 12. ސިނެކް

  އިންޑިޔަގެހިލޭއެހީގެދަށުން ބީޖޭޕީ ގެގޮފި ރަސްމީކޮއް އިފްތިތާހުކު ރުންވެސް އޮންނާނެ

  25
  3
 13. Anonymous

  ލާރި ގޯނި ހިފައިގެން އަންނަނީ ލާރިބަހަން އަންނަނީ ލޯކަލްކައުންސިލް ގަނެލަނީ

  25
  2
 14. ނުވިސްނޭމީހާ

  ކަޑަ ސަރުކާރެއް މީ

  31
  3
 15. ނާސިރު ބުނިބަސް އެހިންތަ؟

  އަބަދުވެސް ސޮއި ކުރަނީ ތަރައްގީ ނުފެނޭ ރައްޖޭގެ ކުރިމަގު ފުނޑާލުން ފިޔަވާ

  27
  3
 16. ހުޅުލޭ ބޮޑުމީހާ

  ތިކަމުގެ އުފަލުގައި ގެރި އެއް ކަތިލުން ކިހިނެއްވާނެބާ...!!

  28
  2
 17. ލލ

  އިންޑިޔާގެ ނަމުގައި އަންނަ ގިނައެހީ ތަކަކީ، އިންޑިޔާގައި އިންވެސްޓް ކޮށްގެން ތިބި އިގިރޭސި ޔަހޫދީ އިންވެސްޓަރުން އެމްޑީޕީ ކުދިންނަށް ދޭ ފައިސާގެ ސަޕޯޓް ރޫހާނި ލީޑަރު އަޑީގައި ހުރެގެން !

  19
  2
 18. ޙހ

  ކަލޯގަޔާ ދެން މިޤައުމުގައި ބާކީ އޮތްތަނެއް މުށުތެރެޔަށް ލާދެނެ އެއްބަސްވުން ތަކެއް ތިޔަ ނިންމާލަނީ. ރައްޔިތުން ތިބޭ ޣާފިލްކަންމަތީ ނިދާލަން. ފަހުން ނުރޯތި.

  11
 19. ކޮއިފުޅު

  އިންޑިއާ މީހުންނަކީ ކޮންކަހަލަ ބަޔެއް ކަން އެންމެރަނގަޅަން އެގޭނެބަޔަކީ ދިވެހިންނަށް ތިމީހުންނަކީ އިންސާނީށްޔަތުގެ ކަންފުޅެއްވެސް ހުރި ބައެއްނޫންކަން ދުނިޔޭގެ ގިނަބަޔަކު އަދިވެސްދެކެނީ

 20. އ މ ރ ބ

  ރާއްޖެ ދަވާލެވޭނެހާ ހުރިހާ ގޮތެއް ބަލާފައި، އެފަދަ އެއްބަސްވުންތަކުގައި އެ ސޮއިކުރަނީ، މައްސަލައަކީ އެ ގުއިރޯނުގައި އަދުގެ ސަރުކާރުން ޖެހިފައި ތާށިވެ، ނުނެއްޓިފައި ހުރީމާ ދޯ

  13
 21. އިންޑިއާ އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

 22. އަބްދޫ

  ގައުމަށް ފައިދާގުރި ކަމެއްނެތް

 23. ސައިފް

  މުޅިތަން އަޑު ކަނޑުވާލާފަ ރާއްޖެއަރާ ރާއްޖެ ފޭރިގަނެގެން ދާކަށް ޖާގަ ދީގެން ނުވާނެ. ޔާމީން މިނިވަން ކުރަން މަޖުބޫރުކޮށްދެނޭ ކަމަށް ބުނަމުން ޕީޕީ އަޑުކަޑާލާފައި އޮތަސް އެކަމެއް ނުކުރާނެ. ޔާމީނަށް އެންމެ ސޫތެއްގެ ދުލެއް ދޭންވެސް އެމީހުން ނޭދޭނެ އެމީހުން ގަންނަ ސަކަރާތްތަކަށް ހުރަހެއް ކުރިމަތި ކުރެވޭނެ ހުރީ ޔާމީން އެކަނިވީމަ

 24. ފޫހި

  މަގުކުނިކެހުމާބެހޭ އެއްބަސްވުމެއްނެތްތަ؟ ކަލޭނޭ ގައުމެއްނެތް. މި 5 އަހަރު ނިމޭއިރު ރިޕަބްލިކް އޮފް މޯލްޑިވްސް ނޯންނާނެ. އޮންނާނީ މޯލްޑިވް ސިޓީ އިން އިންޑިޔާ.

 25. ޑެރަ

  އިންޑިޔާ އައުޓް