މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 145 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 89 މީހުން ފައްސިވީ މާލެއިންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން 22 މީހުން އަދި ރިސޯޓްތަކުން 32 މީހުން މިއަދު ފައްސިވިއެވެ. މީގެއިތުރުން ސަފާރީއަކުން 02 މީހުން މިއަދު ފައްސިވިއެވެ.

މިއަދު 96 މީހުން ވަނީ ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18612 އަށް އަރާފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2484 މީހުންނެވެ. އޭގެތެރެއިން 162 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދ 3883 މީހަކު ވަނީ ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ކީއްވެގެންބާ މިހާރު އެޗް.ޕީ.އޭ އިން ރާއްޖޭގައި އުޅޭ ބޭރުމީހުން ކޮވިޑަށް ފައްސިވާ ވަރު ހާމަނުކުރަނީ ؟ހާމަކުރުމުން ހަޤީގަތް ރައްޔިތުންނަށް އެނގިދާނެތީތޯ ނޫނީ އެހެންކމެއް އޮތީތޯ؟