20:52

17:49

16:30

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައި ތިބި ފަރާތްތަކުގެ ތެރެއިން 18،000 އަށްވުރެ ގިނަ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސް ދީފި

10:07

30 އަހަރުން މަތީގެ އެންމެނަށް ރާއްޖޭގައި ވެކްސިން ދޭން ފަށައިފި.

08:43

ކޮވިޑް ޖެހިގެން ރޮނާލްޑީނިއޯގެ މަންމަ މަރުވެއްޖެ.


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ މަތީގައި ހުންނަތާ މަހެއްހާ ދުވަސްވާން ކައިރިވެފައި ވާއިރު މާލޭގައި އަޅާފައިވާ ފިޔަވަޅުތަކާއި އެކުވެސް ފައްސިވާ މީހުންގެ އަދަދު ދަށަކަށް ނުދެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދެވިއްޖެނަމަ ކޮވިޑް-19 ޖެހިގެން އެތައް ބަޔަކު މަރުވެގެން ހިނގައިދާނެކަން ކޮންމެ ދުވަހަކު ދަނީ ޔަގީން ވަމުންނެވެ. ވޭދުވެރިޔަ 24 ގަޑިއިރު ތެރޭގައި ވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން ދެމީހަކު ނިޔާވެ ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 60 އަށް ވަނީ އަރާފައެވެ.

މިއަދު ވެސް 145 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 89 މީހުން ފައްސިވީ މާލެއިންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން 22 މީހުން އަދި ރިސޯޓްތަކުން 32 މީހުން މިއަދު ފައްސިވިއެވެ. މީގެއިތުރުން ސަފާރީއަކުން 02 މީހުން މިއަދު ފައްސިވިއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18612 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2484 މީހުންނެވެ. އޭގެތެރެއިން 162 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މޯޑު

  މީ ނަހަލާލު ވެރިކމެއް! މި ވެރިކަމުގަ އަމާންކަމެއް ނެތް! މުޞީބާތު ފުލު މުޞީބާތް! ވެރިން އިސްތިޢުފާ

  3
  1
 2. ހުސޭނު

  މީ ކުޅޭ ގޭމެއް
  ބޭންކް މެނޭޖަރާ ގުޅިގެން ކުޅޭ މޮނަޕޮލީ ގޭމެއް

  1
  3
  • ވާނުވާ

   ދެން މީހުން މަރުވަނީޔޯ. ޢެވެސް މޮނޮއްޕޮލީ ގޭމްތަ؟ ކޮންމެ ފިކުރަކަށް ތާއީދު ކުރިކަމުގައިވިޔަސް މީ ފިތުނަ ނައްތާލައި އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު.