ހއ. އަތޮޅުން ހަތަރު ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން "ވަގުތު" އިން މިއަދު އިއުލާނު ކޮށްފިއެވެ.

"ވަގުތު" އިން ކުރި އިއުލާނެއްގައި ބުނީ ކުއްޔަށް ހިފަން ބޭނުން ވަނީ ހަތަރު ކޮޓަރީގެ ގެއެއް ކަމަށެވެ.

"ކުއްޔަށް ދޭ އިމާރާތުގައި ކައްކާ ކެވޭ ގޮތައް ހުންނަން ޖެހޭނެއެވެ. އިމާރާތް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން އަގު ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 25 އާއި ހަމައަށް ހުޅުވާލާފައެވެ." އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި އިމާރާތް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް 7907173 ނަމްބަރު ފޯނުން އިތުރު މައުލޫމާތު ސާފުވާނެއެވެ.