މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، ކާރުތަކާއި ޓެކްސީތައް ޕާކްކުރުމަށް ކަނޑައަޅާފައިވާ ޖާގަތަކުން ނަގާ ފީ 1،000ރ. އަށް ތިރިކުރައްވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ކާރު ޕާކްކުރުމަށް ކަނޑައަޅާފައިވާ ޖާގަތައް ވިއްކާފައި ވަނީ އެއާ ނުބައްދަލު އަގުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ޒިންމާއަކީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ޕާކިންގް ޒޯންތަކުން 1000ރ. އަށް ވުރެ ބޮޑު ފީއެއް ނުނަގާ ވެސް އެތަން ތަން ބެލެހެއްޓުމުގެ ކަންކަން ހަމަޖެއްސޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދޭ ޔަގީންކަމަކީ އަޅުގަނޑަށް މި މަސައްކަތް ހަވާލު ކުރައްވައިފި ނަމަ އެ އަގުތައް އެއާ ބައްދަލު، އަދި އެކަށީގެންވާ އަގަކަށް ތިރިކުރެވިގެން ދާނެކަން. 1000 ރުުފިޔާއަށް ވުރެ ބޮޑު ފީއެއް ނަގަން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެއީ ރައްޔިތުންނަށް ފަސޭހައަކަށް ކުރާކަމަކަށް ވާނަމަ އެވަރުގެ އަގަކުން އެތަންތަން ބެލެހެއްޓުމުގެ ހަރަދުތައްވެ ސް ހަމަޖެއްސޭނެ" މުއިއްޒު ވިދާޅުވިއެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކްކުރުމަށް ކަނޑައަޅާފައިވާ ޖާގަތަކުން މިހާރު ނަގަނީ 3،000ރ.އެވެ. މުއިއްުޒު ވިދާޅުވީ މިކަމުގެ ސަބަބުން ޓެކްސީ ކުރާ ފަރާތްތަކަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށެވެ.
ސަރުކާރަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ ފާއިތުވެ ދިޔަ ދެ އަހަރު ދައުލަތަށް އެންމެ ގިނަ ފައިސާ ލިބުނީ ވެހިކަލްތަކުގައި ސްޓިކާ ޖަހާ، ޖޫރިމަނާކޮށްގެން ކަމަށެވެ.
މިފަދަ އެތައް މައްސަލައެއް މާލެ ސިޓީގައި ހުރިކަން ފާހަގަ ކުރައްވާ މުއިއްޒު ވަނީ އެ ހުރިހާ ކަމަކަށް ހައްލު ގެނައުމަށް ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވާނެ ކަމަށް ވިދާޅުވެފައެވެ.
ފާއިތުވި ވަގު ޔާމީން ގެ ވެރިކަމުގަ ކަލޭމެން ތިބުނާ ސްޓިކާ އެއް ޖަހައިގެން ދައުލަތައް ނެގި ލާރިތައް މަތިން ހަނދާން ނެތުން އެއީ އަހަރުމެން ކުރާނެ ކަމެއް ނޫން
ފަސް އަހަރު ހައްލުނުކުރެވުނު ކަމެއް ދެން ކިހިނެއްތޯ ހައްލުކުރާނީ.
7*
ބަލަ ކާރު ގެންގުޅެނީ ފަގީރުންނޭތޯ ތިބުނަނީ... ތިއަށްވުރެން ރަނގަޅު ވާނެ ތިބޭފުޅާގެ ގޭގައި މީހުންނަށް ހިލޭ ޚިދުމަތް ދޭގޮތަށް ހަމަޖެއްސިޔަސް ..... ލޮލް