އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 50 އަށް އަރަފައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ 18:00 އާއި ހަމައަށް ޖުމްލަ 50 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

އެ ސެންޓަރުން ބުނީ މިއަދު އެ ސިޓީން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައި އެކަކު ކަމަސެވެ. އެއީ މީދޫން ފައްސިވި މީހެކެވެ. އޭނާ ފައްސިވެފައި ވާކަން އެނގުނީ ފްލޫ ކްލިނިކަށް ދައްކައި، ޓެސްޓު ހެދުމުންނެވެ.

އައްޑޫގައި މި ބަލި ޖެހިގެން މިހާތަނަށް 50 މީހަކު ރަނގަޅުވެފައިވާއިރު، 38 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓް ކޮށްގެންނެވެ.

އައްޑޫސިޓީން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނުމާއި ގުޅިގެން އެސިޓީ މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު