ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 80 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވި 61 ވަނަ މީހާ އެވެ. އަދި މި މަހު މިހާތަނަށް މި ބަލީގައި ނިޔާވި ނުވަ ވަނަ މީހާއެވެ. ރާއްޖެ އިން މި ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި އަށް ބިދޭސީންނެވެ.

މި އަހަރު ފެށުނު ފަހުން މިހާތަނަށް މި ބަލީގައި 13 މީހަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. މިދިޔަ އަހަރު މި ބަލީގައި ނިޔާވީ 48 މީހުންނެވެ.

މި އަހަރު ފެށުނު ފަހުން ރާއްޖޭގައި ކޮވިޑްގެ ހާލަތު މި ވަނީ ކުރިއާ އަޅާބަލާއިރު، ގޯސްވާން ފަށާފައެވެ. އެގޮތުން މި އަހަރު ފެށިގެން، ފައްސިވާ އަދަދުތައް ރެކޯޑް މިންވަރަކަށް މައްޗަށް ޖެހުނެވެ. އަދި ހޮސްޕިޓަލް ތަކުގައި ފަރުވާދޭ މީހުންގެ އަދަދުތައްވެސް ވަރަށް ބޮޑަށް މި ވަނީ އިތުރުވެގެން ގޮސްފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19479 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ްރަނާ

  إنّا لله وإنّاإليه راجعون
  މަރުހޫމްގެ ފުރާނަ އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!

  54
 2. ރީތި

  إنّا لله وإنّاإليه راجعون
  އަހަރެމެން ދިވެހިން މީ އަޅެ ކޮންކަހަލަ ބައެއް... މީހުން މަރުވާއިރުވެސް ސިޔާސީ ދެކޮޅުގެ ބޭފުޅުން، އެއްބަޔަކު މި ބަލި ގަބޫލެއްނުކުރޭ، އަނެއްބަޔަކު އެމީހުންގެ ސަރުކާރުހެ އިގުތިސޯދޭކިޔާ ދެބައިމީހުން އެއްވެ ފިޔަވަޅެއްނާޅާ... ކިތައްމީހުންތޯ މަރުވާންވީ ؟ ކިތަންމީހުންތޯ ؟ ކޮންމެ ބަޔަކުދުވާނެ އިސްލާމުންނޭ، ދިވެހި ގައުމޭ ހިއުމަން ރައިޓްސްއޭ ކިޔާ.. ކިހާ ރީތި...

 3. ނާފިޒު

  إنّا لله وإنّاإليه راجعون
  މަރުހޫމްގެ ފުރާނަ އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!

 4. ނަން ނަންވާނީ ކޮވިޑް

  އަސްލު ގިނަ ،މީހުން އެމަރުވަނީ މުކުޅި ބަލީގެ ސަބަބުން މުސް ކުޅިވެރިންނަށް ހާްސަ ސަމާލު ކަމަކާ އެކު ނުބެލިއްޖިއްޔާ އާދައިގެ އަރިދަފުސް ރޯގާ އެއްގައިވެސް އަތްދަށުން އަތުނުވެ ހިގައިދާނެ ރާއްޖޭގައި ކޮވިޑް ގައި މަރުވާ މެޖޯރިޓީ މީހުންނަކީ 70 އަހަރު ގެ މީހުން

  12
  3
 5. މަ

  މިއީ އާދައިގެ ރޯގާއެއް - ނަޝީދު

 6. reethi moosa

  انا لله وانا إليه راجعون