ކޮވިޑް-19 ގެ އާ ވައްތަރު ފެތުރެން ފެށުމާ ގުޅިގެން ފަލަސްތީނުގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

ފަލަސްތީނުން ނިންމާފައި ވަނީ ސްކޫލްތައް 12 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށެވެ.

މިދިޔަ އަހަރުގެ ތިން ކުއާޓަރުގައިވެސް ނުފެންނަ މިންވަރަށް މިހާރު ފަލަސްތީނުން އަންނަނީ ކޮވިޑް-19 އަށް މީހުން ފައްސިވަމުންނެވެ.

ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުުން ދައްކާ ގޮތުގައި މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އަށް އެންމެެ މަދުު ބަޔަކު ޓެސްޓުު ކުރެވޭ ގައުމަކީވެެސް ފަލަސްތީނެވެ.

ފަލަސްތީނުން މިހާތަނަށް 118،519 މީހުން މި ބައްޔަށް ފައްސިވެފައިވާ އިރު، މިހާތަނަށް މި ބަލީގައި 1،406 މީހަކު ވަނީ މަރުވެފައެވެ. ގައްޒާއިން މިހާތަނަށް 55،091 މީހުން މި ބައްޔަށް ފައްސިވެފައިވާއިރު، މަރުވެފައި ވަނީ 549 މީހުންނެވެ. އެ ގައުމުގައި ބައްޔަށް ޓެސްޓުކުރެވޭ މީހުންގެ އަދަދު އިތުރުވާނަމަ ފައްސިވާ މީހުންގެ އަދަދުވެސް މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ މަހުގެ ތެރޭގައި ފަލަސްތީނަށް ރަޝިއާގެ "ކޮވެކްސް" ވެކްސިން ޝިޕްމަންޓެއް ލިބޭނެ ކަމަށް ބެލެެވެއެވެ. އަދި ކޮވިޝީލްޑް ވެސް މިއަހަރުގެ މެދެއްހާ ހިސާބުގައި ލިބޭނެ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު