އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް މާލެ ސަރަހައްދުން އެކަނި 178 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު ރާއްޖެއިން ޖުމްލަ 196 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރެއިން 178 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެ ސިޓީގައި ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.

މާލެ ސަރަހައްދުން ކޮވިޑްގެ ވޭދަނައެއް ފުރަތަމަ ފެނުނީ 2020 ވަނަ އަހަރުގެ އޭޕްރިލް 15 ވަނަ ދުވަހުއެވެ. އެ ވޭދަަނާއެކު މުޅި ރާއްޖެ ފުރަބަންދު ކުރިއެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. އެންމެ ފުރަތަމަ މާލެ ސަރަހައްދުން ބޮޑަށް ބަލި ފެންނަމުން ދިޔައީ ބިދޭސީންގެ ތެރެއިންނެވެ. ނަމަވެސް ފަހުން ދިވެހިންގެ ތެރެއިންވެސް ބައްޔަށް ފައްސިވާ އަދަދުތައް ރެކޯޑް އަދަދަކަށް މައްޗަށް ވަނީ އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާއިރު، މާލެ ސަރަހައްދުގައި މިހާރު ބަލި ޖެހިފައި 15،00 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، 19،793 މީހެެކެވެ. މީގެ ތެރެއިން މިހަރު ފަރުވާދެމުން ދަނީ 2،475 މީހަަކަށެވެ.

ކިޔުންތެރިންގެ ހިޔާލު