18:31

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އުފަން ދުވަސް ފާހަގަ ކޮށްފި.

17:25

ހއ. ބާރަށުން ނުވަ މީހެއް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފި

 

16:24

11:13

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރިހަމަކޮށްފި.

09:19

މިސްކިތްތަކުގެ ޖަމާއަތް ހުއްޓުވަން ބުނުމަކީ ބާތިލް ބުނުމެއް: އިޔާޒް

08:38

ކޮވިޑްގެ އާވައްތަރުތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެދާނެ - ބައިޑެން

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް މަޑުޖެހުމެއްނެތި އަންނަނީ އިތުރުވަމުންނެވެ. މިއަދު އިތުރު 196 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 178 މީހުން ފައްސިވީ މާލެ އިންނެވެ. މީހުން ދިރިއުޅޭ އެހެން ރަށްތަކުން ހަތަރު މީހުން، ރިސޯޓްތަކުން 12 މީހުން، ސަފާރީތަކުން ދެމީހުން މިއަދު ފައްސިވިއެވެ. މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،793 އަށް އަރާފައެވެ.

ރާއްޖެ އިން ފައްސިވި މީހުންގެ ތެރެއިން 117 މީހުންވަނީ މިއަދު ބަލިން މުޅިން ފަސޭހަވެފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 17،249 އެވެ. މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 2،475 މީހުންނެވެ. ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން 179 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ. މިއަދު 196 މީހަކު ކޮވިޑަށް ފައްސިވީ 5142 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 62 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު