ކޮވިޑް-19 އަށް ވެކްސިން ޖެހި ނަމަވެސް ވެކްސިންގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ޕީސީއާރް ޓެސްޓުން ކޮވިޑް-19 އަށް ފައްސިނުވާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމުން ކޮވިޑަށް ފައްސިވެދާނެ ކަމަށް ބައެއް މީހުން ބުނާތީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމުން ޕީސީއާރް ޓެސްޓް ކޮވިޑް-19 އަށް މީހަކު ފައްސި ނުވާނެ ކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ ވެކްސިން މަސައްކަތް ކުރާނީ ހަމައެކަނި މީހާގެ ދިފާއީ ނިޒާމުގައި ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. މިއަދު ވެސް 6550 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖެ އިން ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 123665 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ދޭން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު އެވެ. ނަމަވެސް އަދި ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ.
މިއަދު ވެސް ރާއްޖެ އިން 165 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު ފައްސިވި މީހުންގެ ތެރެއިން 132 މީހަކު ފައްސިވީ މާލެއިންނެވެ. މީހުން ދިރިއުޅޭ އެހެން ރަށްތަކުން 13 މީހުން އަދި ރިސޯޓްތަކުން 19 މީހަކު މިއަދު ފައްސިވިއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން ވެސް މިއަދު މީހަކު ފައްސިވިއެވެ.
މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20144 އަށް ވަނީ އަރާފައެވެ.
މައިމޫނާ ބުނީމަދޯ ފައްސިއާއި އައްސިއާ ދެންވެސް އޮތް އެއްޗެއް ވަނީ
މުޒާހަރާ ކުރާވަރު މަދީ.. ވެކްސިން ޖެހީމަ ކޮބާ ލުއި.. ގެއަށް ވައްދާ 6 ޖަހާއިރު
ބަލަ އެންމެން ވެކްސިން ޖަހައިފިތަ މިހާރު. އެހެން ނޫނަސް ނުޖެހޭ ކަމެއްނެތި ބޭކާރުވެގެން 6ގެ ފަހުން އެނބުރި ހޮޓާތައް ކުޑަކުރާކަށް
އެޗްޕީއޭ ކަންތަކާ ހުރެ ކޭސްތަށް އިތުރު ވަނީ... އެޗްޕީއޭއިން ތަންތަން ފާސް ކުރަން ތި ފޮނުވަނީ ބަލިވެ އުޅޭ ބައެއް.. . އެމީހުން ހުރިހާ ތަނެއް އިންސްޕެކްޓް ކުރަން ވަންނަމުން ދާއިރު އެމީހުން ތިބީ ސިއްހަތު ސަލާމަތުން ކަމެއް ނޭގެ.... ފާޑުފާޑުގެ ނަންނަމުގަ އިންސްޕެކްޝަން ހިންގަމުން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީ ތިކަން ކުރޭ ... ވަރަށް ނުރައްކާތެރި ކަމެއް.. އަޅެ ނިކަން ތި އިންސްޕެކްޓަރުންގެ ޕީސީރު ޓެސްޓެއް ހަދާލަބަލަ... ތިހިންގާ އިންސްޕެކްޝަން ތަކުން އެތަށް ބަޔަކު ނުރައްކާތެރި ކަމަށް ވެއްޓުން ނޫން ކަމެއް ނުވޭ..
ޑރ. ނަޒްލާ ކީއްވެ ތޯ ތި ކެއްސާ، ކިބިހި އަޅާ ރޯގާ ޖެހިގެން އުޅޭ ބަޔަކު ފިހާރަތަށް އިންސްޕެކްޓް ކުރަން ތި ފޮނުވަނީ... ބަލިވެ އުޅޭއިރު ބޭރަށް ނުދާށޭ ކިޔާފަ އެޗްޕީއޭއިން ތި ފޮނުވަނީ ހެސް ކިޔާފަ ރޯގާ ޖެހިފަ ތިބި ބަޔަކު... އަޅުގަނޑު ސަރުކާރަށް ދަންނަވާލަން މިކަން ހުއްޓުވައި ދިނުމަށް... ކުރީ ފަހަރުތަކާ ހިލާފަށް މިފަހަރު އިންސްޕެކްޓް ކުރަން މިއަންނަނީ ބަލިވެ އުޅޭ ބަޔަކު....ވަރަށް ހިތާމަހުރި ކަމެއް... އެންމެން ވަންނަތަންތަން ބަލަން ތަންކޮޅެއް ރަގަޅު ބަޔަކު ފޮނުވަން ވެއްޖެ...
ވެކްސިން ޖެހިޖެހިހެން ކޮވިޑަށް ފައްސިވާ މީހުން ގިނަމިވަނީ ކިހިނެން ވެގެންބާ؟
ދެން މާލޭގަ މަގުމަތީން ރޭންޑަމްކޮށް ކުރާޓެސްޓުގައި ވެކްސިންޖަހާފަތިބި މީހުން ޓެސްޓްކުރުން ހުއްޓާލާ؟
ފުރަތަމަ ޑޯޒް ޖެހީމަތަ ނުވަތަ 2 ވަނަ ޑޯޒް ޖެހީމަތަ ޓެސްޓުން ނުދައްކާނީ..ގައިމު ވެސް ފުރަތަމަ ޑޯޒް ޖަހައިގެން ފައްސިކަމަށް ބުނެ ކަރަންޓީން ވެފަ އެބަތިބި..ޖަ ވާބެއް ދީ
ތިދެން ކީއްކުރަންޖަހާއެއްޗެއް ، މީހާ މަރުވާއިރުވެސް ނޭނގޭނެ ތިވަރުން ބަލިހުރިކަމެއް ، ބލއއ
ވަރަށް މޮޅުސުރުޚީއެއް މިއޮތީ! މީގެންދޭހަވަނީ ވެކްސިން ޖަހައިފިއްޔާ، ވައިރަސް ޖެހިފައި ހުއްޓަސް، ފޮޒިޓިއު ވެފައި ހުރިކަން ޕީއާރު ޓެސްޓުން ނުދައްކާނެކަން!