ހއ. ދިއްދޫގައި ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ފައްސިވެފައި ވަނީ އެއް ގެެއެއްގައި ކަރަންޓީންވެގެން ތިބި ދެ މީހެކެވެ.

"ވަގުތު"އާ ވާހަކަދައްކަމުން އެރަށު ކައުންސިލް ރައީސް މުހައްމަދު ހާޝިމް ވިދާޅުވީ، އެރަށުން ފައްސިވި ދެ މީހުންނަކީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރި ދެ މީހުން ކަމަށެވެ. އަދި އެ މީހުންގެ ހާލު ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވިގޮތުގައި، މިހާރު އެރަށުގައި ކޮވިޑް ޖެހިފައި ތިބި ބަޔަަަކަށް ތިބީ އެ ދެ މީހުން އެކަންޏެވެ.

އެރަށުން މީގެ ކުރިންވެސް ކަރަންޓީންގައި ތިބި ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 20،000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރެއިން އެ ބަލީގައި ނިޔާވި 62 މީހަކު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު