ފުވައްމުލަކުން ފޭ ފަތިހު މަހަށް ނިކުތް ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރޭ ފަތިހު 04:30 ހާއިރު މަހަށް ނިކުތް ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.

ޑިންގީގައި ތިބި މީހުންގެ އަދަދު އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ޑިންގީ ހޯދުމަށް ހެލިކޮޕްޓަރާއި ކޯސްޓްގާޑް ނުރައްދީން ލޯންޗާއި ސީ އެނބިއުލަންސް ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު