ރާއްޖެއިން އިތުރު 131 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު 131 މީހަކު ފައްސިވެފައި ވަނީ، 3،691 ސުންކު ނަގައިގެންނެވެ. މިއަދު ފައްސިވި 131 މީހުންގެ ތެރެއިން 92 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން 10 މީހަކު ފައްސިވިިއިރު، ރިސޯޓްތަކުން 29 މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެއަށްވުރެ އިތުރުވެފައެވެ. އިއްޔެ ފައްސިވީ 98 މީހުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 20،794 އަށް އަރާފައެވެ. މީގެ ތެރެއިިން 2،599 މީހަކަށް މިހާރު ފަރުވާދެމުންދާއިރު، 166 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ރާއްޖެއިން މިހާތަނަށް 64 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 18،124 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު