ތ.އަތޮޅުގެ ދޯންޏެއް ތެރޭގައި ހޮނިހިރު ދުވަހުގެރޭ ހިނގި މާރާމާރީއެއްގައި ބިދޭސީ މީހަކަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

އެންދަމަން ތިބި ދޯންޏެއްގައި ބިދޭސީ ދެ ފިރިހެނުން ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން އޭނާ އަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އިއްޔެ ހެނދުނުއެވެ. މި މައްސަލައިގައި ހައްޔަރު ކުރީ 42 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބައިވަރު ސުވާލު؟؟؟؟؟

    ހައްތާވެސް ފެންނަނީ ޤާތިލުގެ ޢުމުރެވެ. މަރުވި މީހަކީ ކޮން ޢުމުރެއްގެ މީހެއް ހެއްޔެވެ؟ އަދި ހަމަލާ ދީފައި ވަނީ ކޮން ތަންތަނަކަށް ކޮން އެއްޗަކުން ކިހައިވަރަކަށް ހެއްޔެވެ؟