އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19ގެ އާ ވައްތަރު ރާއްޖޭގައި އުޅޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަސީމް މިގޮތަށް ވިދާޅުވެފައިވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮވިޑް-19 އާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ނަސީމް ވިދާޅުވީ، ޓެގް ޓީމުގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖެއަށް ކޮވިޑް-19ގެ އެކި އެކި ވައްތަރުތައް މިހާރު ވަނީ އައިސްފައިވާ ކަމަށާއި އޭގެ މާނައަކީ ކުރިން ބަލި ޖެހޭ މިންވަރަށްވުރެ މާ އަވަހަށް ދެން ބަލި ފެތުރޭ ކަހަލަ ވައްތަރެއް ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.

"އިނގިރޭސިވިލާތުގައި އަލަށް ފެތުރޭ ސްޓްރެއިންވެސް ދިވެހިރާއްޖެއަށް އައިސް ހުރި ކަމަށް އެބަ ވިދާޅުވޭ ވަރަށް ގިނަ ބޭފުޅުން" ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ނަފްސާނީ ބަލިތައް ރާއްޖޭގައި ގިނަ ވެއްޖެ ކަމަށެވެ. އަދި އަބަދު އެންމެން ގޭގައި ތިބެން ޖެހުމުން ގޭތެރޭގައިވެސް ބައެއް ކަހަލަ މައްސަލަ ޖެހޭ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19ގެ އާ ވައްތަރު ރާއްޖެއިން ފެނިފައިވާ ކަމަށް ސިއްހީ މާހިރުންނާއި ހަވާލާދީ ހެލްތް މިނިސްޓަރ ނަސީމް ވިދާޅުވެފައިވާއިރު، ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ހެދި ސާވޭ އަކުން ރާއްޖޭގައި ކޮވިޑް-19 އާ ވައްތަރުގެ 30 އިންސައްތަ އުޅޭ ކަމަށް ވަނީ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޢއއ

  މިހެން ކިތައް ފަހަރު ބުނެފިބާ. ޔަގީން ވަންދެން މިވާހަކަ ނުދައްކާ މަޑުކޮށްލަންވިނު. 😡😡

  16
 2. އިސްމާލު

  ކިހިނެށްތޯ ގަބޫލު ކުރާނީ ތިޔަ ވާހަކަ.މަޖްލިސްގަ ވެސް ވިދާލުވި ހޭލި އިރު ކޮވިޱް އަށް 139 ފަރާތެ ޕޮސިޓިވްއޭ މިއަދުގެ ނަންބަރު 200 މަތިވާނެއޭ.

  14
 3. Anonymous

  މިގަ އުމަށް ކަލޭމެން އިހާނެތިކޮށް ހަދާތީވެސް މިތިބެނީ ނަފްސާނީވެފަ.

  23
  1
 4. ސުންޕާވެރިކަމެއް

  ދިވެހިރާއްޖޭގެ ބޯޑަރު ބަންދުނުކޮށް ބަހައްޓާފައި ކަލޭމެން ގެނައި އެއްޗެއް މިވައިރަސްތަކަކީ. ދެން ވެސް ސަރުކާރު އެކަށް އިސްތިއުފާދީފައި ގައުމު ހިންގޭނެ ބަޔަކާއި އަވަހަށް ވެރިކަން ހަވާލު ކުރަން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއުޅެބަލަ!

  17
  2
 5. ހާލުފޮޅި

  ރާއްޖެ އޮތީ ހުޅުވާ އަޅާފަ.... ބޭނުން ވައްތްރެއް އަންނަންވީ..

  19
 6. ކޮރަލް

  ކެރަފާ މިއީ ކޮން ބައެއްކަން ޒުވާނުންނަށް ނޭނގިދާނެ އެވެ. އެކަމު ކުރީގެ މީހުންނަށް އެނގޭނެ އެވެ.

  19
  • ނާނި

   ކާކު

 7. ނިޒާމު

  ތިޔަވެދާނެ ކެނެރީގެތެރޭން ކަމަ އް ..އެގޭގަ އުޅެނީތިޔަ ކަން ނުވެގެން އުޅޭސޮރު..

 8. ހުސެން

  އާވަ އިރަސް އޮޅާލާފަ ނަސީދި ބޮލަ އްޖަހާބަލަ

 9. ޑޮކުޓަރު

  ކޮވިޑުގެ ވައްތަރުތައް ހޯދަނީ ސާވޭކޮށްގެން، އިންޓަވިއުކޮށްގެން ނޫން. ސާމްޕަލް ޓެސްޓްކޮށްގެން.