ފޮޓޯ: ސަން

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މަރާލާފައިވާ ހ.ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީން (ރަބަރޭ) ގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ރ.ކަދޮޅުދޫ (މިހާރު ދުވާފަރު)، ފީރޯޒުގެ އިބްރާހިމް އަބްދުއްރަހްމާންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އިބްރާހިމް އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމާއި، އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާގެ އެވެ. މި ދެ ދައުވާވެސް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާކަން ރަސްމީ އެއްވެސް ފަރާތަކުން މިކަން ކަށަވަރު ކޮށްދީފައި ނުވި ނަމަވެސް، މުއުތަބަރު ފަރާތަކުން މިކަން "ވަގުތު" އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އިބްރާހިމް އަބްދުއްރަޙްމާނުގެ މައްޗަށް ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އުފުލާފައިވަނީ، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ އަވައްޓެރި ލަންކާއަށް ގޮސް ބިލާލަށް ފައިސާދީ ރަބަރޭ މަރާލަން ރޭވުމާއި، އޭގެ ފަހުން ރަބަރޭ މަރާލުމަށް ފަހު އިބްރާހިމްގެ ފޯނަށް ހ. ފީރޯޒްހިޔާ ބިލާލް މުހައްމަދު އަހުމަދު ފޮޓޯ ފޮނުވުމުން އިތުރު ފައިސާ ބިލާލުގެ އެކައުންޓަށް ފޮނުވާފައި ވާތީއެވެ. އަދި އޭނާގެ މައްޗަށް އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 2015 ނޮވެމްބަރު 5 ވަނަ ދުވަހު ރަބަރޭ މަރާލިކަން އެނގިހުރެ އެކަން ސިއްރު ކުރުމުންނެވެ.

ރަބަރޭގެ މަރާ ގުޅިގެން އިބްރާހިމް އަބްދުއްރަޙްމާނުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައިވާއިރު، މިނިވަން ނޫހުގެ ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައިވެސް ވަރަށް އަވަހަށް ހުކުމް އިއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކުރިން ވެސް އެނގޭ ސަާބިތުނުވާނެކަން.

  2. މަސްތުވާތަކެތީގެ މައްސަލަ މަރުގެ މައްސަލަ ސާބިތުވާނީ ވަކިބައެއްގެމައްޗައް! އިންޑިާއިން ނެގި 3 މީހުންވެސް ރާއްޖޭގަވީނަމަ މިހާރު ވާނީ ދޫކޮށްލާފަ!

  3. މިރާއްޖޭގައި ތިބޭނީ ބަސްއަހާ ކުދިންނެވެ. އެކަން އެގޭލެއް ބޮޑުކަމުން އެކުދިން ދޫކޮށްލަނީއެވެ . އަނެއްކާ ތިޔާއަކީ ސިޔާސީ ކަމެއް ނޫންތާ ، ސިޔާސީ ކަމެއްނަމަ ، އިސްޓިކާއެއް ޖަހާލާހާ އަވަހަށް ތިކަން ނިމިގެން ދިޔައީސް...

  4. އަބޫޖަހުލް

    ތީ މީގެ15 ވަރަކަށް އަހަރު ކުރިން ޕާކިސްތާނުގަ ފިލައިގެން އުޅެފަ ރާއްޖެއައި މީހެއް. މީނާ އަކީ ޅައުމުރުގެ އަންހެން ކުދިންގެ އަތުން އޮރިޔާން ފޮޓޯ ހޯދާ ނުވިތާކަށް ގަޔައް އަރަމުން ދުވާމީހެއް. ވަރަށް ފައިސާ ގެންގުޅޭ މީހެއް ކަމަށް ވަނީ. އެކަން އިނގޭނެ މީނަ ދަންނަ އެންމެނައް.

  5. ފަނޑިޔާރުން ގަނެލައިގެން ހުކުމް ކޮށްފަ ތިއޮތީ

  6. ވަގުތު ނޫހުގެ ނާވާޒު އެއްޗެއް ހިތައް އަރާތަ. ހަގީގަތށ ކުރިމަތިލާބަލަ މަރު ނުވަނީސް

  7. ޔާމީނުގެ ސިޔާސީ އެޖެންޑާ ފުރިހަމަކުރަން އޮންނަ ތަނެއް ތި ކްރިމިނަލް ކޯޓަކީ

  8. ދެން ކިހިނެތް މިގައުމު ރަގަޅުވާނީ. ރިލުވާނު މައްސަލައިގަ އަދި އަމުދަކުން ސާބިތު ނުވާނެތާ، އެކުދިން އެ އުޅެނީ ވިއްޔަ ސަރުކާރުން ފޮނުވީމަ އިދިކޮޅު މުޒާހަރާތެރޭ ވެސް “މަރާފައޭ އޮންނާނީ” ނުފެންނާނެއޭ.

  9. ބިލާލަށް ޓާސްކް ހަވާލު ކުރި ކަމުގެ ހެކި، ޓާސްކް ފުރިހަމަކޮށް ޕުރޫފަކަށް ފޮނުވި ފޮޓޯ، ބަދަލުގައި ޕޭމެންޓްގެ ބާކީބައި ޖަމާ ކުރި ކަމުގެ ހެކި އަދި ގަރީނާ ލިބި ހުރެ، މިވަރުގެ ބޮޑެތި ޖަރީމާ ސާބިތު ނާވެނެ 2 ގޮތެއް އޮންނާނީ. ޢެއީ؛ ތަހުގީގީ އަދި ޝަރުއީ އިދާރާގެ ނާގާބިލުކަން ނޫނީ ކޮންމެވެސް ސަބަބަކަށްޓަކައި ސާބިތު ނުވާ ކަމަށް ގާޒީ ނިންމަން ބޭނުންވުން. ވަﷲ އައުލަމް !

  10. ތިޔައީސިޔާސީމީހެއްގެ މައްޗައް ދައުލަތުން އުފުލިދައުވާއެއްނަމަ ދައުލަތާއެއްކޮޅައް ނިމުނީސްކަން ކަށަވަރު

  11. ހީވޭ ކަމެއް ހެން ، މަސްތުވާ އެއްޗިއްސާ މީހުން މެރުން ސާބިތު ނުވޭ ، ސަޅި ކޯޓުތަކެއްދޯ ރާއްޖޭގަ މިހުންނަނީ؟ ކޮބާ ސިއްރު ރިޕޯރޓް؟ ސިޔާސީ މީހުންނަށް އެކަނި ސިއްރު ރިޕޯރޓް އޮންނަނީ، މިކަހަލަ ޤައުމެއް ބުނެބަލަ މި ދުނިޔެއިންވެސް، މިޤައުމުގެ މިތިބި ފަނޑިޔާރުންނަށް ވުރެ ސަދޫމް ގައި ތިބި ފަނޑިޔާރުން މާ ފުރިހަމަ، މާ ބޮޑަށް ވެސް އިންސާފު ވެރި.، ކަލޯ މިކޮމެންޓް ލަދުންވެސް ނުޖަހާނެ

    • ޤަޒީންނަށްޙީވަނީ މިދުނިޔެ އެކަނިހެން އޮތީ. އަދި މީހަކު ދޭ ފައިސާފޮއްޗަކުން އާޚިރަތް ދުވަސް ގަނެވިދާނެކަމަށް.

  12. ތި ގޮތަށް ކޮންމެވެސް މީހެއްގެ މައްސަލައިގެ ލިޔުންތައް މައްޗަށް ކޮންމެސް އެއްޗެއް އެޅިގެން އެމައްސަލަ ކުރިއަށް ނުގެންގޮސް ވެސް ހުއްޓާލި. އެކަމު ވަރަށް ކުއްލި ގޮތަކަށް އެލިޔުންތައް ހިއްކައިގެން އެމައްސަލަ ބަލަންފެށި ... ކޮޅު ބަދަލުކޮށްލީމަ ވީގޮތެކޭ ކިޔާ އަޑު މަވެސް އެހީމު... މީ މިޤައުމުގެ ހުރި ކޯޓުތަކުގެ ހާލު.....

  13. ސްރީލަންކާ

    ލަންކާއިން ބުނި ތަހުގީގު ކޮއްފަ ތި ކަމުގަ ދިވެހި ވިޔަފާރި ވެރިޔެއް ވެޔޭ!! އެދުވަސް ކޮޅުގަ ކީ ސަން....މް އޭވެސް އެހެންވީމަ ސާބިތު ވުމަކީ ނާދިރު ކަމެއް، ދެ ފުޅިޔައް ވީ ގޮތްވެސް އެންގޭ އެންމެނައް!!