ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށި ސިޓީއަށް މިއަދު ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ރާއްޖެއިން ބޭރުން މާލެ އައުމަށްފަހު، އެނބުރި އެރަށަށް ދިޔަ ބިދޭސީ އެކެވެ.

އެރަށުން މީހަކު ފައްސިވެފައިވާ ކަން އެރަށު ހޮސްޕިޓަލްގެ އޮފިޝަލަކު ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ، އެމީހާ ރާއްޖެ އަކީ 72 ގަޑިއިރު ނުވާ ޕީސީއާރް ނައްސި ނަތީޖާ އާއެކުގައި ކަމަށެވެ. އަދި އެ މީހާ ރާއްޖެ އައިސް މާލޭގައި މަޑު ކުރި ކަމަަށާއި، އަދި މާލެ އިންވެސް އެ މީހާ ކޮވިޑަށް ޓެސްޓު ހެދި ކަމަށެވެ.

އެ މީހާ މާލެ އިން ހެދި ޓެސްޓުގެ ނަތީޖާ ފައްސިކަން އެނގުނީ ކުޅުދުއްފުއްޓަށް ދިޔަ ފަހުންނެވެ.

މިހާރު އެ މީހާ ވަނީ ކަރަންޓީން ކޮށްފައެވެ.

ހާއްސަ ހުއްދައިގެ ދަށުން މީގެ ކުރިންވެސް ބައެއް ރަށްތަކަށް ދިޔަ މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ާއަހުމަދު

    ނަތީޖާ ނުލިބެނީސް ރަށްރަށަށް ފޮނުވަނީ ގަސްތުގަ ބަލި ފތުރަންވެގެންތަ

    49
    1
  2. ޏީޡޭ

    ޢަހާ އަނެއްކާކަރަންޓީނުވީ

    27
  3. އައްޑޫ ޝަކުވާ ބޯޓު

    ކޮންފަދަ މޮޅު ހެޑްލައިން އެއް...😅

    38
    1
  4. މިއަދު

    މިއަދު ރާއްޖޭގައި ކޮވިޑް މިވަނީ ސިޔާސީ އެއްޗަކަށްވެފަ އެއްކޮޅުން ކޮވިޑް ފެނިގެން ރައްތައް ކަރަންޓީނު ކުރަނީ އަނެއްކޮޅުން ސަރުކާރުހިންގާ ޕާޓީގެ ބޭފުޅުން ޚާއްސަ ހުއްދައިގެދަށުން އެޗްޕީއޭގެ ގައިޑް ލައިނާޚިލާފަށް ދަތުރުކޮށް ކެންޕޭނު ހިންގަނީ އިދިކޮޅުމީހުންގެ ކެންޕެއިނަށް ހުރަސްއަޅަން ދެއިރުކާބޭހެއްހެން ޖަލަށް ކޮއްޕަނީ

    6
    1
  5. އިބްރާހީމް

    ތިޔަ ބޭފުޅަކު އުފުލި ވެހިކަލް އަކާއި، އެކުގައި އުޅުނު ބޭފުޅަކާއި ވެދެވަޑައިގެންނެވި ތަނެއް.. ހިއެއްނުވޭ މާބޮޑުކަމެއް ވާނެހެނެއް. ޢިއްޒަތްތެރިންނާއި ގުޅިފަ ހުރީމަ. ކަމެއް ދަމެއް ބޮޑުވީމަ ގޯސްވާނީ ނިކަމެތި ރައްޔިތުން. ވޯޓްލާންވީމާ އެންމެގާތް އަޚުންނާއި އުޚުތުން.

  6. ދަރަނި ދަންތުރަ

    ސަރުކާރުން ނޫޅޭ މިކަމުން ދިވެހިން ސަލާމަތްކުރާކަން މިކަމުގައި ދިވެހިން ތާށިކޮށްފަ ސަރުކާރުން ދިވެހިންގެ އަތުން ފޭރެނީ ރޯމާދުވާލު ވައްކަންކުރަނީ ބޭރުގައުތަކުން މިލިޔަނުން މިލިޔަނުން ޑޮލަރ ނަގާ ދިވެހިން ދަރަނިވެރި ކުރަނީ ގައުމުއަޅުވެތިކުރަނީ އެމް ޑީ ޕީ މިއީ ދިވެހިންގެ ހަލާކު ، ދިވެހިން މި ލާދީނީ ތިލަފަތުން މިންޖުވާކަށް ނުވޭބާ ...

    12
  7. ބޯޖަލީލު

    ސަރުކާރުން ކިތަށްމެ ވިޔާނުދާކޮން ކަންތަށްކުރިޔަސް ކުޅުދުއްފުށީ ބޯގޯސްތަށް ވޯޓުދޭނީ ލާދީނީ ތިލަފަތަށް ބުރާންތިވެފަތިބޭ ބަޔެއް ތިޔައީ ...

    10
    1
  8. ކިނބޫ

    ވަރަށް ޚާއްސަ ފުރަމާނަ ދަތުރުފުޅެއްގަ ކޮވިޑް ކުޅުދުއްފުއްޓަށް ވަޑައިގެންފި!

  9. ޚައްސަ

    ޚާއްސަ ހުއްދަޔާއެކުގައޭ ކުޅުދުއްފުއްޓަށް ދިޔައީ ؟ ޢެހެންވިއްޔާ ކޮންމެސް ބޭރުނުކުރާތި. (:

  10. ާއަހްމަދު

    ހާއްސަ ހުއް ދައަާއެކު ކުޅު ދުއްފުއްޓަށް ކޮވިޑު ވަޑައިގެންފި.

  11. ވަޒީރެއާލާ

    ތިޔައީ ކޮންގައުމެއްގެ މީހެއްކަން ހާމަކޮށްދީބަލަ. އިންޑިޔާ މީހުން މިރާއްޖެ އަންނައިރު މުޅިންވެސް ގެންނާނީ ނެގެޓިވް ރިޕޯޓް.

  12. ޖުހާ

    ސުރުޚީގެ ފަހަތައް އަދި ލަފްޒެއް އިތުރުކޮށްލަންފެނޭ. އެއީ ވަޑައިގެންފި.
    ޚާއްޞޮ ހުއްދައާއެކު އަނެއްކާވެސް ކުޅުދުއްފުށްޓަށް ކޮވިޑް ވަޑައިގެންފި.