22:16

މިއަދު 140 މީހުން ކޮވިޑަށް ފައްސިވެއްޖެ.

20:40

މާލޭގައި މާދަމާ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފަށާނެ.


މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ ފާއިތުވި ދެމަސް ދުވަހު ވެސް ދަށަށް ނުދާވަރަށް ދަށަށް ގޮސްފައެވެ. މިއީ ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތައް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ނަމަވެސް އާބާދީ ބޮޑު އަދި ވަރަށް ގިނަ ބަޔަކު އަރައި ފައިބާ ހަދަމުންދާ ރ.ދުވާފަރުން މިއަދު ވެސް އިތުރު ބަޔަކު ކޮވިޑަށް ފައްސިވެފައި ވާއިރު ކުޅުދުއްފުއްޓަށް ހާއްސަ ހުއްދައިގެ ދަށުން ދަތުރުކުރި މީހަކު ވެސް މިވަމީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ގިނަ ބައެއްގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ.

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 81 މީހަކު ކޮވިޑަށް ފައްސިވިއެވެ. މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވީ 52 މީހުންނެވެ. މިއަދު މީހުން ދިރިއުޅޭ ރަށްތަކުން 22 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަދި ރިސޯޓްތަކުން އިތުރު ހަތް މީހަކު ފައްސިވިއެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިއަދު ވަނީ 107 އަށް މަދުވެފައެވެ.

މިއަދު 81 މީހަކު ކޮވިޑަށް ފައްސިވީ 4886 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލލ

    މިހާރު ރަންނަމާރީ ރައްތަކަށް އެރީތޯ ؟

  2. ކޮވިޑް

    ބުދަ ދުވަހާ ހަމަ އަށް ނަމްބަރސް ތައް ދައްވާނެ ބުރަސް ފަތީގަ ކާފިއު ހިންގާ ވަރަށް ނަމްބަރުތައް މައްޗަށް އަރާނެ. ހުކުރުގަ މުޒަހަރާ އޮންނާތީ. ހުކުރަކީ މި ޤައުމު ކޮވިޑް ގެ ހާލަތު އެންމެ ނުރައްކާތެރި ދުވަސް . ވެދާނެ މައިމޫނާ އަށް ހޭލެވޭ ދުވަހަކަށް ވީމަ ކަމަށްވެސް.