އިނގިރޭސި ވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ކޯހަކުން އެއްވަނަ ހޯދި އެމްއެންޑީއެފްގެ އޮފިސަ ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީގު ހޯދި ކާމިޔާބަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ފިރުޝާނާ އަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓުވީޓެއްގައި ވަނީ ބެސްޓް އިންޓަނޭޝަނަލް ދަރިވަރަކަށް ހޮވުނު ފިރުޝާނާ ހޯދި ކާމިޔާބީއާ މެދުގައި ރާއްޖެ ފަހުރުވެރިވާ ކަމަށެވެ. ފިރުޝާނާއަކީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވި ފުރަތަމަ ދިވެހި އަންހެން އޮފިސަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ ކޯހުގައި ބައިވެރިވެ ފިރުޝާނާއަށް ވަނީ ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވޯޑު ލިބިފައެވެ.

ފިރުޝާނާ ހޯދި ކާމިޔާބީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މަރުހަބާ ދަންނަވައިފައެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

މާރިޔާ އިއްޔެ ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކުގައި އެމްއެންޑީއެފްގައި ތިބި ގާބިލު އަންހެނުންނަށް ހައްގުވާ ފުރުސަތުތައް ކުރީގެ ސަރުކާރުތައް މެދުވެރިކޮށް ލިބިފައި ނުވުމަކީ އެކަމަނާ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

ފިރުޝާނާއަކީ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާއަކީ ނަރުސްކަމުގެ ދާއިރާއިންވެސް ކިޔަވާފައިވާ ޒުވާނެކެވެ.

ޔޫކޭގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް އަކީ އޮފިސަރުން ތަމްރީންކުރުމުގައި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެކެޑަމީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    މަނިކުފާނުގެ ޒީރޯ ޓޮލަރެންސް އަށް ވެސް މި ޤައުމު ފަޙުރުވެރިވޭ ރައްޔަތުން ބަނޑަށް ޖެއްސުވީތީ ސެލިއުޓް ކުރޭ ރައްޔަތުން މަނިކުފާނަށް.

    12
  2. ޞަމަދު

    އެކަމަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ޢިލްމެއް ހުނަރެއްނެތް ތަންދޮރު ނުފިލާ ޖާހިލަކަށްވީތީއާއި ނަޤާބިލްކަމާހުރެ ޤަވްމު ހިތާމަކުރެއެވެ.

    10
  3. އިރޫ

    ފުރުސަތު ހައްގު އެތައް ބަޔަކު ތިއްބާ ނުހައްގުން ބަޔަކު ދިން ފުރުޞަތެއް....ހަކުރު ދެންޔާ ބޮޑުބޭބެ އުސޫލުން...
    ހުރިހާ ސަރުކާރެއްގައިވެސް ހަމަ އެއް އުސޫލަކުން ކަންވަމުން އަންނަނީ

  4. ވެރިން

    އެމްޑީޕީވެރިކަމެއްގަ އިގިރޭސި ވިލާތުން ނާ އިންޑިޔާ އިން ތިހެން ދޭ އެއްޗެހި އަހަރުމެން ގިނަ ދިވެހިން ގަބޫލެއް ނުކުރޭ