ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަންނަ ތަނަކުން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މއ.ކުއްޅަފިލާގެއަށް ފުލުހުން މިއަދު ވަދެ އެތަން ފާސްކޮށް ފަސް ޕެކެޓް މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގެއަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއްމުކޮށް ވަދެ އުޅޭ ތަނަކަށް ވާތީ އެކަން ހުއްޓުވުމުގެ ގޮތުން ދޭތެރެދޭތެރެއިން ފުލުހުން ވަދެ ބަލައި ފާސްކުރުން ކުރިއަށް ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. "އެގޮތުން މިއަދުވެސް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ޕެކެޓާއި އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ބޭނުންކުރުމުގެ ފުރުސަތު ދޭ މާލޭގެ ބައެއް ގެތައް މިދިޔަ އަހަރު ފަހުކޮޅު ފުލުހުން ވަރަށް ގިނައިން ފާސްކޮށް ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައި ވެއެވެ. ނަމަވެސް ފަހަކަށް އައިސް އެފަދަ ގެތައް ފާސްކުރާ ކަމުގެ މައުލޫމާތެއް ފުލުހުން ނުދެއެވެ.

ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެބޭނުންކުރުމުގެ ފުރުސަތު ދޭ ގެތައް އާއްމުކޮށް ހަދާފައި ހުންނަނީ ސެކިއުރިޓީ ވަރުގަދަ ގޭޓްތައް ހަރުކޮށްގެންނެވެ. ބޭނުމަކީ ފުލުހުންނަށް ފަސޭހަ އިން ނުވަދެވޭނެ ގޮތް ހެދުމެވެ. އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބެން ހާއްސަ ކޮޓަރިތައް ހަދާފައި ހުރެއެވެ. ގޮނޑި އާއި މޭޒް ބަހައްޓައި އެތަންތަން ހުންނަނީ ކެފޭއެއް ގޮތަށް ހަދައިފަ އެވެ. އެތަންތަން ހުންނަނީ މަސްތުވާތަކެތި ގަނެގެން އެ ތަންތަނުގެ ތެރޭގައި ބޭނުން ކުރަން ތިބެވޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކޮރަލް

  ހައްޔަރު ކޮށްފި އެވެ. ދޫކޮށްލައިފި އެވެ.

  25
 2. ދުނިދަނީ

  ތަކުރާރުކޮް ތިޔަ ތަނެއް ބަސްޓު ތިޔަ ވަނީ މިސަރުކާރުން ކުރުވާކަމަކަށްވީމަ އެހެންނޫނީ ތަކުރާރުވާކަށްނުޖެހޭނެ

  25
  1
 3. Anonymous

  ދެން ސަރުކާރުން ކީއްވެ ހުއްދަ ބާތިލް ނުކުރަނީ. އެޖެންޑާ19 ތަފާތުވާނެ

  18
  1
  • އަނެއް ދިވެހިރާއްޖެ

   މަސްތުވާ ވަބާ ރައްޖެގަ ވަކި ހިއްޕުވާލީ ދިގު 30 އަހަރުގެ ވެރިޔާގެ ދެބޭން އިސްވެ ތިބެގެން. އެއްވެސް އެޖެންޑާ އެއްނޫން

   6
   8
 4. އަލީ

  އަސްލު ތީ ތަރައްޤީ ! ތަރައްޤީގައި ތަރައްޤީވެފަހުރި ޤައުމުތަކާ އެއްހަމަ ކުރުމަށް ކުރެވޭ މަސައްކަތް ތީވެސް! ތި ވަރަށް ސަޅި ! ސަތޭކަ ޕަސެންޓު މުސްލިމް ޤައުމެއްމީ ! %100 މުސްލިމް ޤައުމެއް ނޯންނާނެ މިވަރަށް މަސްތުވާތަކެތި ތިލަވާ ! މިވަރަށް އެ ބައިވަރުގެ ޚަބަރުތައް ކޮންމެ ދުވަހަކު ލިޔެލަން ފުރުސަތުލިބޭނީ ވެސް ސްޓޮކްގަ ރަނގަޅު އަދަދެއް ރޯދައަށް ގެނެސް ހުރީމައޭ އެނގޭތޯ ؟

  18
 5. ހުސޭނުބޭ

  ރޯދަޔަށް ގެނައި ސްޓޮކް ހއ އަށް

 6. ސަމީ

  މިގައައުމުގަ މައިގަނޑު ގޮތެއްގައި ޒުވާނުންގެ އަހުލާގާއި ސުލޫގު ހަލާކާކު ކުރަނީ މިކެފޭތަކާއި ރެސްޓޯރަންޓުތައް ލަސްގަޑިއައް ދަންމައިގެން... ކޮފީ ބޮއިގެން ގެައްދާއިރު އަނބިމީހާ އަދި ދަރިންކޮޅު ނިދާފަ ދެން ނިދާފަ ހޭލާނީ މެންދުރައް އޮފީސްތަކައް ދަންޏާ ދެވެނީ ގަޑި ކެހިގެން ގޮސް ސޮއިކޮއްފަ އަނެއްކާ ކޮފޯައް..ކޮން އަޖުލާގެއްތޮ ކޮންމަދައް ކަތެއްތޯ ކުެެވޭނީ....ސޯލިހު އެކަންކަން އެގެންދަވަނި ރަނގަޅައް ބަޔަކައް ހަޖަމު ނުވިޔަސް....އަދި މިކެފޭތަކާ ރެސްޓޯރަންޓް ލަސްގަޑީ ގައި ހުޅުވާފަ ބެހެއްޓުމުން ...އެކކަހަލަ....މައްސަލަ...މީގެ ތެރޭ..މަސްތުވާތަކެތީގެ މައްސަލަ، މާރަމާރީ، ހަށިބިއްކުން، ވައްކަން ކޮންކަމެއްތޯ ނެތީ...މިހާރަރަކައް އައިސް ގެގެ ތެރޭގަ ކަހަލަ ގޮތަކައް ކުދިކުދި ކެފޭ ހަދައިގެން ގޭގެއިން ދޮރުންބޭރައް މީހަކައް ކުޑަކުއްޖަކައް ބޮނެރިލެވެކައްނޮވެ ޕޭމަންޓްމަތޯ ސިނގިރެޓް ބޯން ބައިހަދާފަ ތޮބެނޮ......މީ އަލެ ދޮގެއްތޯ....