ގދ. މަޑަވެލީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ފަޅުރަށެއް ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ވެރިކަންކުރާ އެމްޑީޕީން ބާއްވަމުން އަންނަ ސިލްސިލާ ޕްރޮގްރާމް "ރަށްވެހި ފަތިސް"ގެ ރޭގެ ޕްރޮގްރާމުގައި މަޑަވެލީގެ ފަރާތުން މިފަހަރު އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކު ވަނީ މަޑަވެލީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ފަޅުރަށެއް ނެތުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފަޅުރަށެއް ނެތުމަކީ އެރަށު ކައުންސިލަށް ލިބެން އޮންނަ އިގްތިސާދީ މަންފާތަކާއި، އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށްވެސް ދަތިތަކެއް ފޯރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ސާލިހް ވިދާޅުވީ، މަޑަވެލީގެ އިހްތިސާސްގެ ތެރޭގައި ފަޅު ރަށެއް ހިމެނުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އަދި އެ ހުށަހެޅުމަށް ތާއިދު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ މިކަމާ މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށް ފަހު މަޑަވެލީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައިވެސް ފަޅުރަށެއް ހިމަނައިދެއްވާނެ ކަަމަށެވެ.

ރާއްޖޭގެ ގާނޫނުއަސާސީ އާއި، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ރަށްތައް މިހާރު އިއުލާންކޮށްފައިވާއިރު، ގދ. ހޯޑެއްދޫގެ އިޚްތިޞާސްގައި ފަޅުރަށެއް ނެތުމުގެ ކަންބޮޑުވުން އެރަށުންވެސް ވަނީ ފާޅުކޮށްފައެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިސާސް ކަނޑައެޅިއިރު އެއްފަޅެއްގައި ރަށެއް ނެތުމުން ރަށްރަށުގެ އެފަދަ މައްސަލަތައް މީގެ ކުރިންވެސް ވަނީ ހައްލުނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހު

    ބްރާންޗާ މަޑަވެލި އެކަނިތަ އިހްސިސާސް ތެރޭ ފަޅުތަށެއް ނެތީ ހާދަ ހެއްވައޭ ހުރިހާ ކައުންސިލެއްވެސް ހިންގަންޖެހޭނީ އެއްހޮތަކަށް

  2. އައްމަޑޭ

    ކޮމަންޑޫ އަދި މަތިކޮމަންޑޫ ވެސް ހަދަން ފެނޭ

  3. ނިކަމެތި ރައްޔިތު މީހާ

    ދައުލަތުގެ މުދާ ޕާޓީ ކޭމްޕޭނަށް ބޭނުންކުރުމަކީ ޤާނޫނީ ގޮތުން ކުށކެވެ. އެއީ ރައީސް މީހާވިޔަސް، ކެންޑިޑޭޓް ވިޔަސް މެއެވެ. ޤައުމުގައި ހުރި ފަޅު ރަށްރަށަކީ ހުރިހާ ދިވެހި ރައްޔިތުންގެ މިލްކު ކަމަށްވާއިރު، ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ ވޯޓަށްޓަކައި ރައްޔިތުންގެ މުދާ ބޭނުމެއް ނުކުރެވޭނެއެވެ.

  4. އަބްދޫ

    މަތިންދާ ބޯޓަކީ ދުވަހަކުވެސް ނިމިފަ އޮންނަ ބޯޓެއްނޫން. އަބދުވެސް އެ ބޯޓް އުފެއްދިފަރާތުގެ ބެލުމުގެ ދަށުގަ މަތިންދަބޯޓް އޮންނަނީ. އެއީ އެބޯޓް ވިއްކާނުލަނިކަމަށް ބެލެވޭނެތަ؟ހަމަ އެފަދައިން ކަނޑުގަ އަޅާ ބްރިޖްކީ ވެސް ލޮނުގެ ގެއްލުމުން ހިމާޔަތް ކުރުމްށް އަބަދުވެސް ބަޔަކު ބަލަހައްތާ މަރަމާތުކުރަން ގެންދަންޖެހޭ އެއްޗެއް. އެ ބްރިޖް ފެންމަތީހުންނަ ހުރިހާދުވަހަކު ބްރިޖް ހުނންނާނީ ނުނިމި އުތަ؟ ރިޔާސީ އިންތިހާބުގެ ކުރިން އެބްރިޖް ގަ ޢާންމުކޮށް ކާރު ޕިކަޕް ލޮރީފަދަ ތަކެތި ދުއްވަމުން ގެންދިޔަ މިއަދުވެސް އެތަން ބަލަހައްތާ ޗައިނަމީހުން ބްރިޖް މަތީގަ މަސައްކަތް އެބަކުރޭ. ވީމާ އެ ބްރިޖް އަދިވެސް ނުނިމެނީތަ ؟