ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ނުވަތަ ޤާރީން ގެނައުމަށް އެދޭ ފަރާތްތަކުން، ލިޔެކިއުންތައް އިމިގްރޭޝަންގެ އޮންލައިން ޕޯރޓަލް މެދުވެރިކޮށް ހުށަހެޅުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ރަސްމީ މަސައްކަތު 07 ދުވަސްތެރޭ ސިސްޓަމް މެދުވެރިކޮށް އެންގޭނެއެވެ.

ވިސާއަށް އެދި ހުށަހަޅަން ޖެހޭ ތަކެތި

 1. ކައުންސިލް އިދާރާއިން ފުރިހަމަކޮށްފައިވާ "ސްޕެޝަލް ވީޒާއަށް އެދޭ ފޯމް" (IM22)
 2. "ވީޒާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމް" (IM30)
 3. ބިދޭސީ ފަރާތުގެ "ޕާސްޕޯޓު ޑާޓާ ޕޭޖް" ގެ ކުލަ ކޮޕީ.
 4. ބިދޭސީ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓް ފޮޓޯ މިންގަނޑާއި އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް)
 5. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ދޫކޮށްފައިވާ ހުއްދަ.

ޙާފިޒުން ނުވަތަ ޤާރީންނާއި އެކުގައި އާއިލާގެ މެމްބަރުން (އަނބިން/ދަރިން) ދަތުރު ކުރައްވާނަމަ، ޙާފިޒު ނުވަތަ ޤާރީ ގެންނަ އިދާރާއަކުން އެ ފަރާތްތައް ސްޕޮންސަރ ކުރަން ޖެހޭނެއެވެ. އެފަރާތްތަކަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވީސާއެކެވެ. އަދި 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރައްވާނަމަ، ވީޒާ ހަމަވުމުގެ ކުރިން އެ ވިސާގެ މުއްދަތު އިތުރު ކުރައްވަންވާނެއެވެ.

މިކަމާއި ގުޅިގެން، އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އިމިގްރޭޝަންގެ ފޯނު ނަންބަރު 7940452، 9199157 (ހެނދުނު 08:00 އާއި މެންދުރުފަހު 14:00އާދެމެދު) ގުޅުއްވުމަށް އިމިގްރޭޝަނުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުލާޓި

  ރާއްޖޭގެ ހާފިޒުން ހޯދަން އިއުލާނު ކޮށްގެން ނުލިބުނިއްޔާ ބޭރުން ގެންނަން ވާނީ. ނޫންތަ؟

 2. ޑިންޑިގުލް ރާކޭށް

  ހުލާޓި އަށް ތާއީދު. ބޭރުން ނުގެނެސް މިހާރު ވާނެ. އެހެންނޫނީ ރާއްޖޭގަ ހާފިޒުންނަށް އިނާމުދިނުން ހުއްޓާލާ. ކިހާ ޑޮލަރެއް ބޭރުވާނެ ދޯ؟

 3. ާއަހުމަދު

  ބޭރުން ނުގެނެސް ވާންނެތީތަ
  ދިވެހިންގެ ތެރޭގައި އެކަން ކުރެވޭވަރުގެ ބައެއް ނުއުޅެނީތަ
  ބޭރުން ގެނައިމަ ޖީބައް ގިނަވަނީތަ