ޖިންސީ އަނިޔާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީގެ ޗައިލްޑް ޕްރޮޓެކްޝަން ސަރވިސް އިން އާއްމު ކުރި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެފަދަ މައްސަލައެއް މާރިޗު 10ވަނަ ދުވަހު އެ މިނިސްޓްރީން ދަށުން ހިންގަމުން އަންނަ ރ.އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ސޯޝަލް ސަރވިސްގެ ލަފައާއެކު އެ ސެންޓަރުން އައީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި މިފަދަ ކޮންމެ މައްސަލައެއްގައި ވެސް ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާގޮތަށް އަނިޔާ ލިބުނު ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެ ސަރވިސްގެ އަމާޒެއް ކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މި މައްސަލަ މިސަރވިސްގެ ސަމާލުކަމަށް އައުމާއެކު، އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ކުއްޖާއަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ އާއި ގުޅިގެން ކަމާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެ ވިޒާރާއިން ވިދާޅުވިއެވެ.

" މިސަރވިސްއިން މި އަންނަނީ މައްސަލަ ބެލުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކުއްޖާގެ ޙާލަތު ވަރަށް ގާތުން މޮނިޓަރކުރަމުންނެވެ. ތެހުމަތުކުރެވިފައިވާ މައްސަލައަކީ ޙައްސާސީ މައްސަލައެއްކަމުން، މިފަދަ ހާދިސާތައް ތަޙުޤީޤުކޮށް، ކުށްކުރި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، ކުޑަކުދިންގެ ކަރާމަތަށް އުނިކަންލިބިދާފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ނަޞޭޙަތްތެރިވުމާއެކު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ދައުލަތުގެ އިދާރާތަކާއި، ޚަބަރުފަތުރާ ވަސީލަތްތަކާއި، އަމިއްލަ ފަރުދުންގެ ވަރަށް ބޮޑު ޤާނޫނީ ޒިންމާއޮތްކަން ހަނދާންކޮށްދެމެވެ." އެ ބަޔާނުގައިވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މާމީ

  ޕޮލިހުން ފޮނުވާގެން ތިކުރަނީ ރައްކާތެރިކަން ފޯރުކޮއްދިނުން

  2
  1
 2. ސޯކުލިން

  ރައްކަތެރިކަން ކަށަވަރުކުރުމަކުން ނުނިމޭ.އެކަން ކޮށްފާނެ އަވަށްޓެރިއެއްވެސް.ކުށްވެރިން އެތިބެނީ ޝީޖަހާލާފަ.މީނަގެ އިތުބާރުނެތް މައްސަލަ މަޖިލިހަށް ވައްދާނެ މީހަކު ނެތްތަ؟

 3. އަންނި

  ސޮރީ ތިަކަމެއް ނުވާނެ.

 4. ދިލްބަހާރު

  ކަނޑަ އެޅިގެން ދޮގު ތީ އެއްވެސް ކަމެއް ވާބައެއްނުން ހަދާނީ ހުސްދޮގު

 5. އއއއިބްރާހީމް

  ޖެންޑާރ މިނސްޓްރީއަކީ އެއްވެސްކަމެއް ވާބައެއް ނޫންކަން އަހަރެންގެ ދަރިފުޅުގެ މައްސަލަ ނިންމިއިރު އޮތީ އެނގެން.
  ޖެންޑާއިން ހަމައެކަނި މަލަމަތިން ފެންނަ ގޮތަށް ކަންކަން ނިންމާލަނީ. އެޔަށވުރެ ޑީޕަކަށް ގޮސްގެން ކަމުގެ ހަގީގަތެއް ނުބަލާ.
  މިއަދު އަހަރެންގެ ދަރިފުޅު އެދަނީ އެކަމުގެ ސަބަބުން ނަފްސާނީގޮތުން ގެއްލުންވަމުން....

 6. މުބީނު

  ކަލޭތީ އިބޫ ގެ ކްލާސްޓީޗަރު.