ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ އެހީތެރިން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) ލައިގެން ތިބި ދެމީހަކު ދުއްވަމުން ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ބަޔަކަށް އަނިޔާވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކައިރިންނެވެ.
މަންޒަރުދުއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ދެސައިކަލް ޖެހިގެންނެވެ. އޭގެތެރެއިން އެއް ސައިކަލްގައި ތިބީ ޕީޕީއީ ލައިގެން ތިބި ދެމީހުންނެވެ.
ފުލުހުން ވިދާޅުވީ އާޓިޗިޝަލް ބީޗް ކައިރީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށެވެ. އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ޕީޕީއީ ލައިގެން ކޮންމެ ދުވަހަކު ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ބަޔަކު ހަރަކާތްތެރިވެއެވެ. ނަމަވެސް އެމީހުން ސައިކަލް ދުއްވާ މަންޒަރު ވަރަށް ނުފެނެއެވެ. އާއްމު ގޮތެއްގައި ޕީޕީއީ ލައިގެން ތިބޭ މީހުން ދަތުރުކުރަނީ އެޗްއީއޯސީގެ ވެހިކަލްތަކުގައެވެ.
އަނެއް ސައިކަލުގަ ދުއްވަން އިން މީހާ އަތުގަ ލައިސަންސެއް ވެސް ނެތި ދުއްވީ، ހުރެ ބަހައްޓާފަ ސިގުނަލް ވެސް ނުދީ ޔޫ ޓާން އެއް ނަގާލީމަ ފަހަތުން އަންނަ މީހާ އަކަށް ނޭންގޭނެ، ޕީޕީއީ ލައިގެން އިނަސް، އެކައްޗެއް ނުލާއިނަސް. ޖެހުނީމަ ބުނާނެ އަންގަ ފޭކޮއްފަ ޖެއްސައިފިޔޭ. އުޅެވޭ ގޮއި ހިތަކަށް ނާރާނެ. ލޮލް އޭ މަބުނާނީ.
ވެދާނެ ކޮވިޑު ވަށްކަން ކުރަން އުޅޭ ބަޔަކަށްވެސް ވަގަކަށްހާސް ދުވަސް ވެރިޔަކަށް އެއްދުވަސް.
އެޒްމަތް ސޫޓް ލައިގެން ބޮޑުތަކުރު ފާނު މަގުން ސައިކަލް ދުވަމުން ދިޔަ ބަޔަކު އެކްސިޑެންޓްވެ ބަޔަކަށް އަނިޔާ ވެއްޖެއެވެ. އެމީހުނަށް ލިބުނު އަނިޔާގެ މައުލޫމާތެއް އަދި ނުލިބެއެވެ އެގޭ މިންވަރަކީ އަނިޔާ ލިބުނު މީހުނަށް ފަރުވާ ދެމުންދާ ކަމެވެ، މިހާދިސާ ހިގާފައިވަނީ ބޮޑުތަކުރު ފާނު މަގު އާޓިފިޝިއަލް ބީޗް ސަރަހައްދުގައެވެ. ހާދިސާގައި އަނިޔާ ލިބުނު މީހުނަށް ﷲ އަވަސް ޝިފާއެއް ލައްވާށިއެވެ. ކާރިސާތަކުން އަޅަމެން ސަލާމަތް ކުރައްވާށި !