23:23

އިންޑިއާ އިން މިއަދު ވެސް ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ފައްސި.

23:11

އެމެރިކާގައި "ބާރުގަދަ ކޮވިޑެއް" ފެތުރެން ފަށައިފި.

22:04

މިއަދު 138 މީހުން ކޮވިޑަށް ފައްސިވި.

19:56

އިނގިރޭސިވިލާތުގެ އޮކްސްފޯޑް އާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް ގުޅިގެން އުފެއްދި އެސްޓްރާޒެނެކާ (ކޮވިޝީލްޑް) ވެކްސިން އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް ދިނުން ހުއްޓާލުމަށް އިނގިރޭސިވިލާތުން ނިންމައިފި

17:01

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި އައްޑޫއަށް ދިޔަ އަންހެނަކު ހައްޔަރުކޮށްފި.

14:55

އޮސްޓްރޭލިއާގައި ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ ތިން ގަޑިއިރުގެ ތެރޭގައި މީހަކު މަރުވެއްޖެ.

10:07

ކޮވިޑުން ރަނގަޅުވާ މީހުން ވެސް "ސިކުނޑީގެ ބަލިތަކެއްގެ" ވޭން ތަހައްމަލް ކުރަން ޖެހޭ!

08:52

08:51

ކޮވިޑް ޖެހިގެން އިއްޔެ ބްރެޒިލުން 4200 އަށްވުރެ ގިނަ މީހުން މަރުވެއްޖެ.


ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުނުވެ ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ފައްސިވަމުން ދާތީ ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވެސް ހުރީ 3079 ގައެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 73 އަށް މަދުވެފައެވެ. މިއީ ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިހައި ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ދަށަށްދާ ސަބަބަކީ ވެކްސިން ދީފައިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުން ކަމަށް ބެލެވެއެވެ.

ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 2198 މީހަކު މިއަދު ވަނީ ޖަހާފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާލޭ ސަރަޙައްދުން 2116 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، އަތޮޅުތަކުން 82 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 7951 އަށް އަރާފައެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު ރާއްޖެއިން ވަނީ 4742 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 376 މީހުންނާއި އަތޮޅުތަކުން ވެކްސިންޖެހި 4366 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދުވަނީ 255،881 އަށް އަރާފައެވެ. އެޗްޕީއޭއިން މިރޭ ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ 57 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ޖަހާފައިވާކަމަށެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު