އޮސްޓްރޭލިއާގައި ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ ތިން ގަޑިއިރުގެ ތެރޭގައި މީހަކު މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މަރުވެފައި ވަނީ އުމުރުން 82 އަހަރުގެ އަންހެނެކެވެ. އޭނާ ޖެހީ ފައިޒާ ވެކްސިން ކަމަށްވެއެވެ.
މި މީހާ ދިރިއުޅެމުން ދިޔައީ ކުއީންސްލޭންޑުގައި ހުރި ޔުރާނާ އޭޖްޑް ކެއާ ފެސިލިޓީގައެވެ. އެ މީހާއަށް ވެކްސިނ ދީފައި ވަނީ ހެނދުނު 10 ޖެހި އިރުއެވެ.
ފުލުހުން ބުނެފައިވަނީ މި އަންހެން މީހާގެ މަރުގެ ހަބަރު ފުލުހުންނަށް ލިބިފައިވަނީ މެންދުރު 1:30 ހާއިރު ކަމަށެވެ. ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ މި އަންހެން މީހާގެ މަރަކީ ޝައްކު ކުރެވޭ މަރެއްގެ ގޮތުގައި ކަންތައް ކުރެވިފައި ނުވާ ކަމަށެވެ.
އަންހެން މީހާގެ މަރާއި ވެކްސިނާއި މެދު ގުޅުމެއް ވާކަމުގެ ހެކި ލިބިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާއަކީ ފުއްޕާމޭގެ ބައްޔަކަށް ބޭސް ކުރަމުންދާ މީހެކެވެ.
މިކަމާއި ގުޅޭގޮތުން ކުއީންސްލޭންޑް ފުލުހުންގެ އިތުރު ބަހެއް ލިބުފަައި ނުވާ ކަމަަށް މީޑިއާ ރިޕޯޓްތައް ބުނެފައެވެ.
އޮސްޓްރޭލިއާގައި ދެމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއް ވެކްސިނަކީ ފައިޒާއަށް ވާއިރު ދެން އެގައުމުގައި ބޭނުން ކުރަމުންދަނީ ކޮވިޝީލްޑް ވެކްސިނެވެ. ނޯވޭ އާއި އިސްރާއިލްގައި ފައިޒާ ވެކްސިން ޖަހައިގެން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވެކްސިނުގެ ތަހުލީލް ތަށް ބުނާގޮތުން ފައިޒާ ވެކްސިނަކީ 95 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ.
ތަހުލީލް ތަށް
އިންޑިޔާ ވެކްސިން ޖަހަން ފެށުމުން ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވެފައިވާކަން ފާހަގަކުރެވޭ. އަނެއްކާ މިވަނީ ކިހިނެތްބާ؟