އދ.މާމިގިލިން އިތުރު 11 މީހުން ކޮވިޑް-19 އަށް ފައްސިވި މާމިގިލިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 22 އަށް އަރައިފިއެވެ.

މާމިގިލީ ހެލްތު ސެންޓަރުން ބުނީ މިހާތަނަށް އެރަށުން 443 ސުންކު ނަގާފައި ވާއިރު އޭގެ ތެރެއިން 300 ސުންކު ނައްސިވެފައިވާ ކަމަށެވެ. އަދި ނަތީޖާ ނުލިބި 62 ސުންކު އެބައޮތެވެ. 59 ސުންކު އަދި ޓެސްޓް ކުރަން ނުފޮނުވެއެވެ.

މާމިގިލިން ގިނަ ބަޔަކު ކޮވިޑަށް ފައްސިވުމުން ހެލްތު ސެންޓަރުން މިހާރު ވަނީ ބަލި މީހުންނަށް ފަރުވާ ދިނުން ހުއްޓާލާފައެވެ. ހެލްތު ސެންޓަރުން ބުނީ ބަލި މީހުން ބެލުން މިހާރު ކުރިއަށް ގެންދާނީ ފޯނުން ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 25،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 67 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު