އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުންނަށް އަންގްސަނާ ވެލާވަރު ރިސޯޓަށް އެރުމުގެ ހުއްދަ އެ ރިސޯޓުން ދީފައިނުވާ ކަމަށާއި، އެހެންވެ އެ ފަރާތްތަކަށް ދ. މީދޫގައި ވޯޓު ލެވޭ ކަމަށް ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިސޯޓަށް އެރުމުގެ ހުއްދަ ނުދިނުމުން އީސީގެ އޮފިޝަލުން ކައިރި ރަށަކަށް ފޮނުވާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އޮފިޝަލުން ދިޔައީ ޕީސީއާރް ނަތީޖާ ހިފައިގެން ކަމަށެވެ.
https://twitter.com/ShareefRangondi/status/1380082554712190977
"ދ. މީދޫގައި އަންގްސަނާގެ ވޯޓު ފޮށި ބެހެއްޓޭތޯ ބަލަމުން މި ދަނީ، ރިސޯޓްގައި ރަޖިސްޓަރ ކޮށްފައިވާ 61 ފަރާތަށް މީދޫގައި ވޯޓު ލެވޭނެ". ޝަރީފް ވިދާޅުވިއެވެ.
PCR negative results hifaigen officials dhiyaee, Dh meedhoo ga Angsana ge vote foshi beheyey tho balamun midhanee, resort ah register kohfaivaa 61 faraathah meedhoo ga vote leveyne
— Ahmed Shareef (@ShareefRangondi) April 8, 2021
PCR negative results hifaigen officials dhiyaee, Dh meedhoo ga Angsana ge vote foshi beheyey tho balamun midhanee, resort ah register kohfaivaa 61 faraathah meedhoo ga vote leveyne
— Ahmed Shareef (@ShareefRangondi) April 8, 2021
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އޮފިޝަލުން ރިސޯޓްތަކަށް ފޮނުވުމުގެ މަސައްކަތް އީސީން މިއަދު ވަނީ ފަށާފައެވެ.
ވެލާވަރު ރިސޯޓަށް އީސީގެ އޮފިޝަލުން އެރުވުމަށް ދެކޮޅު ހެދީ ކީއްވެގެންކަން ސާފު ނުވާއިރު، އީސީގެ ރައީސް ކުރި ޓްވީޓަށް ރިޕްލައި ދިން މީހަކު ބުނީ، އެ މީހުން އެ ރިސޯޓަށް އެރުމުގެ ހުއްދަ ދީފައި ނުވަނީ ޕީސީއާރް ނައްސި ނަތީޖާ ނެތިގެން ކަމަށެވެ.
"އަޅުގަނޑުމެން އެޗްޕީއޭގެ ގައިޑްލައިންއަށް ފޮލޯ ކުރަނީ، ޕީސީއާރް ނައްސި ނަތީޖާނެތި ކިހިނެއްތޯ އަޅުގަނޑުމެންނަށް އޮފިޝަލުން އެރުވޭނީ، އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް؟". އެ މީހާގެ ޓްވީޓްގައި ވެއެވެ.
https://twitter.com/ShareefRangondi/status/1380102904174977026
ޝަރީފް ވިދާޅުވީ، އެ ރިސޯޓުގެ ފޯކަލް ޕޮއިންޓުން ބުނާގޮތުގައި، ޕީސީއާރް ޓެސްޓް އޮތްކަމުގައިވިޔަސް، އެ ރިސޯޓަށް އެރޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ.
"މިހާރު ދެން މީދޫއަށް ދާން އަންގައިފިން، ވަރަށް ކުރެވުނު ހުއްދަ ލިބޭތޯ، އެހެން އެއްވެސް ރިސޯޓަކުން ލި ލެވެލްއަށް އޮޕޯސް ނުކުރޭ". ޝަރީފް ވިދާޅުވިއެވެ.
ތިޔަ ބައިމީހުން އެއްވެސް ރަށަކައް ނާރުވަންވީ.
ޖޫރި މަނާ ކުރަން ވީމަ ގައިޑް ލައިންގަ ހިފާ ދަމާކަން އީސީ ޝަރީފައް ހަމަ ނޭންގެނީ ބާ؟ވެލާވަރު ރިސޯޓް އިން ތިކުރީ ކަން ކުރަން ވީ ގޮތަށް. ބަލަ އީސީން ޕާޓީ އަށް ވަންނަން ފޯމް ލީމަ ނަމުގެ އަކުރެއްގަ ތިކިނެތަސް ޤަބޫލް ނުކުރޭ ސޯ؟