ކެމްޕޭން ކުރަން މަނާ ވަގުތު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކެމްޕެއިން ކުރައްވައި ޓްވީޓްތަކެއް ކުރައްވައިފިއެވެ.

މާދަމާ ބާއްވާ އިންތިހާބާއި ގުޅިގެން މިއަދު ހަވީރު 6:00 އިން ފެށިގެން މާދަމާ ހެނދުނު 6:00 އާއި ހަމައަށް ކެމްޕޭން ކުރުން މަނާވާނެ އެވެ.

އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ކެމްޕޭނު ކުރުން މަނާކޮށްފައިވާ އެވަގުތުގައި އެއްވެސް ފަރާތަކުން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނަމަވެސް އާޒިމް މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެންބަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އިސްމައިލް ހުސައިންއަށް ވޯޓު ދިނުމަށް އެދިފައެވެ.

އަދި ފަހުން ކުރި ޓްވީޓެއްގައި މާލޭ ސިޓީގެ މޭޔަރ އަނަސް އަބްދުއްސައްތާރަށާއި، ހެންވޭރު ހުޅަނގުދައިރާގެ ކައުންސިލް މެންބަރުކަމަށް އެމްޑީޕީގެ ކެނޑިޑޭޓް އައިޝަތު މޫސާ އަށް ވޯޓް ދިނުމަށް އެދިފައި ވެއެވެ.

އިދިކޮޅު ޕީޕީއެމް އާއި އެމްޑީޕީން މިހާރު ވަނީ ކެމްޕެއިން ނިންމާލާފައެވެ. އަދި ދެ ޕާޓީންވެސް ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުަށް އެދިފައެވެ.

އެމްޑީޕީގެ ފަރާތުން ކެމްޕެއިން ނިންމާލުމަށް މާލޭގައި ޕިކަޕް ބުރެެއް ބޭއްވިއިރު، ޕީޕީއެމްއިން މާލޭގައި ބޭއްވީ އެޕާޓީ އޮފީސް ކުރިމަތީގައި ޖަލްސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. 😜

    މީސްމީޑިއާބަލާލަބަލަ އެހެންމީހުން ނުކުރޭތޯ

    6
    8
    • ރާއްޖެ

      އެހެންމީހުން ކުރިޔަސް ތިމާ ނުކުރީމަ ރަގަޅު ވާނެ.

  2. Juhaa

    އެކަލޭގެއަކަށް ނޯންނާނެ މަނާ ކަމެއް. އެއީ ޤާނޫނަށްވުރެ މަތީގައި ހުންނަ މީހެއް. އެމް.ޑީ.ޕީގެ އިސްކޮށް އުޅޭ މީހުން ނުޖެހޭނެ އެއްވެސް ޤާނޫނަކަށް ޢަމަލުކުރާކަށް. އެއިން މީހަކު އެފަދަ ކަމެއް ކޮށްގެން ފިޔަވަޅެއް ވެސް ނޭޅޭނެ. ދަޢުވާއެއް ކުރިޔަސް ޖޭ.އެސް.ސީގައި އިންނަ އަންހެނާ ބުނާނެ އެއީ ސިޔާސީ ދަޢުވާއެކޭ. އެއިން މީހެއްގެ މައްޗަށް ޙުކުމެއް ކޮށްފިއްޔާ ފަނޑިޔާރު ކުށްވެރިވާނީ.

    43
    1
  3. ވިލު

    އެމް ޑީޕީ ކޮށްފިއްޔާ ކޮނމެ ކަމެއްވެސް ރަނގަޅު އަދިވެސް ޕީޕީއެމް މަނދޫބުންގެ ކާޑުތައް ނުލިބޭ މިވެސް އިނސާފުދޮ.

    12
  4. މަސްއޫދު

    ތިޔަވަގު އާޒިމު ކޮންކަމެއްކުރާނީ ގަވާޢިދާ ޚިލފާށް! އާޒިމަކީ ވަކަރުގޭ ކުދިންނާއެކު އުޅެބޮޑުވިމީހެއް!ހުރިހާއެއްޗަކންވެސް ކުރާނީ ވައްކަން!

    10
  5. Anonymous

    ޢެހެންމީހުނާ ޢާޒިމްއާ ތަފާތު.
    ޢިއްޒަތްތެރި މެމްބަރ
    85000ރ
    ޢެތައްއިނާޔަތެއް
    ޢިދިކޮޅު ލީޑަރ
    ޤާނޫނާޤަވާއިދު ނަގަހައްޓަން ނަމޫނާދައްކަންޖެހޭމީހުން.

  6. Anonymous

    ޢެއްކަލަ ފޮރި