އެމެރިކާގެ ވަރުގަދަ އަސްކަރީ މަނަވަރެއް ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނުހޯދައި ވަދެއްޖެއެވެ.

"ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް" ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިދިޔަ ބުދަ ދުވަހު ވަން ކަން ހާމަކޮށް އެމެރިކާ ކަނޑުގެ ސިފައިން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް މި މަނަވަރު ހުއްދަ ނެތި ވަދެފައި ވަނީ އެމެރިކާ ސިފައިންގެ ފްރީޑަމް އޮފް ނެވިގޭޝަންގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނެތި ވަދެފައި ވަނީ ބައިނަލްއަގްވާމީ ގޮތުން ލިބޭ އިހްތިޔާރުގެ ދަށުން ކަމަަށް އެ ބަޔާނުގައި ވެއެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ އުޅަނދެއް ވަންނަން ރާއްޖޭގެ ގާނޫނުތައް ހުއްދަ ނުދިން ކަމުގައިވިޔަސް، ބައިނަލްއަގްވާމީ ގޮތުން އެކަން ހުއްދަކަމަށް އެމެރިކާއިން ނެރުނު ބަޔާނުގައި ވެއެވެ.

އަދި އެމެރިކާގެ ސިފައިންގެ ކޮންމެ އުޅަނދެއްވެސް އޮޕަރޭޓް ކުރަމުން ދާނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށް އެ ބަޔާނުގައި ވެއެވެ.

މިކަމާއި ގުޅިގެން ދިވެހި އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނާނާ

    މާރިޔާ ވެއްދީމާ ވައްނާނެއެއްނު

    39
  2. ޢިއްތިހާދު

    ޢެމެރިކާވަރެއްނެތިގެން ތިތާތިބި ވެރިން އަރިއަރިމަތިން ފޮޓޯނަގާ ނޫސްތަކައްފޮނުވާ އެވަރެއްނެތިގެންެއުޅުނު އެއްޗެއް މިހާރުވިސްނިފަހުއްނާނެ އޭނަޔައް އެހެންވީމަ އެއްޗެއްނުބުނެހުރީ މިހަބަރުގެނެސް ދިންއިރު އެފޮޓޯވެސްޖަހާލިނަމަ މިއައްވުރެ ފުރިހަމަވާނެ.

    18
  3. ކ̸̦̫͆̾̽̅̋ͅޮ̴̱̄̓̊͂͑͜މ̴͎͠ެ̷̡̰͆ނ̵̤͓̾̓̇ް̷̨̛̛̘̻̞͕̱͋̽̇̇ޓ̵̫̈́͋̒͌̐͗ު̴̢̻͙͑̇

    މިހާރު އޮތީ ގުދަށް ބޭއްވީމަ ގުދަށް އޮންނަ ސަރކާރެއް އެހެންވީމަ މައްސަލައެއް ނެތް

    32
    1
  4. އަލީ

    މިވެރިކަމުން ލިބުނު ހުރިހާވެސް އެއްޗަކީ މިނިވަން ކަމެއް ނެއްކަމުގެ ބިރުވެރިކަން...

    37
    1
  5. މަރީ

    ފިދަންތަކަށް ކުރެވޭނީ ވަކި ކީއް؟

    25
    1
    • ބޮޑު ފިނދަނަ

      ހެހެހ ބޮޑު ފިނދަނައަށް ކިޔަނީ ދީދީ ޔާރިމާ ދީދީ އެކޯލަ

      10
      1
  6. ޕަކާސް

    ކުދިންނޭ ދުނިޔޭގެ ޑިމޮކުރަސީ އާ ހައްގުތަކާ ސިޔާސަތު ދަސްކުރޭ. ހުލާސާ އަކީ އެއީ ބާރުގަދަ ގައުމުތައް ކުރަންބޭނުނއކަމެެް ކުރަން ހަދާފަ ހުންނައެއްޗެހި. ކިތަންމެ ތަރައްގީ ވެގަނެގެން ރުއްސަން އުޅުނަސް އެމީހުން ބޭނުން އެއްޗެއް ހަދާނީ.

    22
  7. ޢަލިބެ

    ދިވެހި ޢަސްކަރިއްޔާއިން އެއްވެސް އެއްޗެއް ވިދާޅެއްނުވާނެ. ނުވެސްވެވޭނެ. އެމެރިކާއަކީ ކޮންމެ ޤައުމެއްގެސަރަޙައްދަށް ވަދެ ބޭނުންވެއްޖެ ހިނދެއްގައި އެޤައުމަކަށް ޙަމަލާދެވޭގޮތަށް އަމިއްލައަށް ޤަވާއިދާއި ޤާނޫނު ހަދައިގެންއުޅޭ ބައެއް.

    25
  8. Anonymous

    އަހަރެމެންވެސް ގޮސްފާނަން ކޯސްޓް ގާޑުގެ އުޅަނދުތަކުގަ އި ގޮސް ތިކަމެ އް ކޮ އްފާނަން
    އޭރުން އިނގޭނީ ތިމީހުންނަ އް

    12
    2
  9. ހުސެން

    މާރިޔާ ނަށާތީ ބަލާލަން އައީ ކަމަށް ވާނީ

    23
  10. ޒިމްޒިމް

    އެމެރިކާއިން ބުނަނީ ދުނިޔޭގެ ކޮންމެސަރަހައްދަކަށްވެސް ކުރިއާލާ ހުއްދަނުހޯދާއެމެރިކާގެ އަސްކަރީއުޅަނދުތަކަށްވަދެވޭނެކަމަށް..

    8
    1
  11. މާރިޔާ

    ދިވެހި ޢަސްކަރިއްޔާއެއް އެބައޮތްތޯ. އޮތީ ވިކިފައޮތް ޢަސްކަރިއްޔާއެއް. ވޭތުވެގެން ދިޔަ އަހަރުތަކުގައި ދިވެހި ޢަސްކަރިއްޔާއެއް މިހާދަރަޖައަކަށް އަޑިއަށް ދިޔަ ވާހަކައެއް އަޑެއްނީވޭ. ދިވެހި ޢަސްކަރިއްޔާގެ ޙަޔާތުގައި އެންމެ ބަނަ ދުވަސްވަރު މި ފެންނަނީ.

    8
    1
  12. މަ

    ވަންނާނެ.. ވަނަސް ކީއްކުރާނީ،

    11
  13. ނޭމް

    މިހާ އެމެރިކާ އައްދާން ވިސާ ބޭނުމެއް ނުވާނެތާ

  14. މޯދީ

    އަހަރެމެންތިތާގައި ތިބިނަމަ ތިމަނަވަރު ބަޑިތަޅާ ފައްތާލީމުސް.. މަމެން ޤައުމަކަށް ތިފާޑަކަށް ނުވަދެވޭނު.. މަމެންވެސް ނުދަން ބައިޑަންގެ ފޮށާދޮށަށް ވަންނާކަށް..

  15. ކޯދީ

    މިހާރު އެނގޭނެ ނުންތޯ މިވާގޮތެއް އިންޑިއާގެ ސަބަބުން މިގައުމު މިދަނީ ބިރުވެރިކަމެއްގެ ތެރެޔައް

  16. އަހްމަދު

    އެއްވެސް ގައުމަކުން ހުއްދަ ނުދިނަސް އެމެރިކާ އަށް ވަދެވޭނެޔޯ. ދެންކޮން ހުއްދައެއް.